ކ. މާލެ
|
21 ޖުލައި 2017 | ހުކުރު 09:51
ހަނަފަސްކަން ކުރިމަތިވާތީ އާއި އަދި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާތީ ފަހުގެ އަހަރުތަކުގައި އުތުރު ކޮރެއާ ގައި ދަނޑުގޮވާން ކުރުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައި
ހަނަފަސްކަން ކުރިމަތިވާތީ އާއި އަދި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާތީ ފަހުގެ އަހަރުތަކުގައި އުތުރު ކޮރެއާ ގައި ދަނޑުގޮވާން ކުރުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައި
ގެޓީ އިމޭޖަސް
އުތުރު ކޮރެއާ
2001 ގެ ފަހުން އެންމެ ބޮޑު ހަނަފަސްކަން އުތުރު ކޮރެއާ އަށް ކުރިމަތިވެއްޖެ
ހަނަފަސްކަމުގެ އަސަރު އެންމެ ބޮޑަށް ކުރަނީ ކުޑަކުދިން ނާއި އަދި އުމުރުން ދުވަސްވީ މީހުންނަށް

2001 ގެ ފަހުން އުތުރު ކޮރެއާ އަށް ކުރިމަތިވި އެންމެ ބޮޑު ހަނަފަސްކަމަށް ފަހު މިހާރު ކުރިމަތިވެފައިވާ ހަނަފަސްކަމުގެ ސަބަބުން ކާބޯތަކެތިލބުން އިންތިހާ އަށް ދަތިވެފައިވާ ކަމަށް އދ އިން ބުނެފިއެވެ. 

އދ ގެ "ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން" (އެފްއޭއޯ) އިން ބުރާސްފަތި ދުވަހު ބުނީ ވާރޭ ނުވެހޭތާ ގިނަ ދުވަސްތަކެއްވެފައި ވާތީ  ދަނޑުގޮވާން ކުުރުމަށް ވަރަށް ބޮޑު ހުރަހެއް އުތުރު ކޮރެއާ ގައި ކުރިމަތިވެފައިވާ ކަމަށާއި އެހެންކަމުން މިހާރުން މިހާރަށް އެގައުމަށް ކާބޯތަކެތި އެެތެރެ ކުރަން ޖެހޭ ކަމަށެވެ. 

އުތުރު ކޮރެއާ އަށް ދިމާވެފައިވާ ހަނަފަސްކަމުގެ އަސަރު އެންމެ ބޮޑަށް ކުރަނީ ކުޑަކުދިން ނާއި އަދި އުމުރުން ދުވަސްވީ މީހުންނަށް ކަމަށް އދ އިން ބުނެއެވެ.

1990 ގެ އަހަރުތަކުގައި އުތުރު ކޮރެއާ ގައި ކާބޯތަކެއްޗަށްޖެހުމުގެ ސަބަބުން އެތައް ސަތޭކަހާސް ބަޔަކު ވަނީ މަރުވެފައެވެ.

އެފްއޭއޯ އިން ބުރާސަފަތި ދުވަހު ބުނީ މިފަހަރު ކުރިމަތިވެފައިވާ ހަނަފަސްކަން ވަރަށް ސީރިއަސް ކަމަށާއި ސަބަބަކީ ދޭދޭ ގައުމުތަކުން އުތުރު ކޮރެއާ އަަށް ދޭ ކާބޯތަކެތީގެ އެހީ ފަހުގެ އަހަރުތަކުގައި ވަރަށް ދަށްވެފައިވާތީ ކަމަށެވެ. 

އުތުރު ކޮރެއާ އިން ކުރަމުންދާ މިސައިލް ޓެސްޓްތަކާއި އަދި ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމްގެ ސަބަބުން ބައިނަލްއަގްވާމީ މުޖުތަމައު އިން ވަނީ އުތުރު ކޮރެެއާ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. 

 

 

 

 

- ކޮމެންޓް
21 ޖުލައި 2017 | ހުކުރު 11:21
އެފްއޭއޯ
އުތުރު ކޮރެއާ ފަނާ ކޮއްލަ މީރަނގަޅު ފުރުސަތެއް