ކ. މާލެ
|
3 އޮކްޓޯބަރ 2023 | އަންގާރަ 15:42
ހައި ކޯޓު
ހައި ކޯޓު
ރާއްޖެއެމްވީ
ޖިންސީ ގޯނާ
އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ ޖަލު ޙުކުމް ދަމަހައްޓައިފި
 
މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އޭނާގެ އަނބިމީހާގެ ދައްތަގެ ދަރިފުޅަށް ޖިންސީ ގޯނާކޮށްފައިވާތީ
 
މި މައްސަލައިގައި ކުއްޖާއަށް ދިމާވި ޖިންސީ ގޯނާގެ ވާހަކަތައް ކިޔާދީފައިވަނީ ޚުދު ކުއްޖާ

 އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކޮށްފައިވާ ޖަލު ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުން ދަމަހައްޓައިފިއެވެ.

މިއީ 2019 ވަނަ އަހަރު މީހެއްގެ މައްޗަށް ކުރި ޙުކުމެކެވެ. އެގޮތުން މި މައްސަލައިގައި ޖަލަށް ލުމަށް ކޮށްފައިވާ ޙުކުމް އެމީހާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އޭނާގެ އަނބިމީހާގެ ދައްތަގެ ދަރިފުޅަށް ޖިންސީ ގޯނާކޮށްފައިވާތީއެވެ.

ހައިކޯޓުން ބުނީ، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވިފައިވާ ގަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެ ނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި މައްސަލައާއި ގުޅުންހުރި ލިޔުންތަކަށް ބަލާއިރު، ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށެވެ.

ހައިކޯޓުން ކުރި ޙުކުމުގައި ބުނީ، މި މައްސަލައިގައި ކުއްޖާއަށް ދިމާވި ޖިންސީ ގޯނާގެ ވާހަކަތައް ކިޔާދީފައިވަނީ ޚުދު ކުއްޖާކަން އިޖުތިމާއީ ޙާލަތު އަންގައިދޭ ރިޕޯޓަށް ބެލުމުން އެނގޭ ކަމަށެވެ.

އެހެންކަމުން ކުއްޖާގެ މަންމަގެ އިތުރުން ބައްޕައާއި ގޭގެ އިތުރު މީހަކާ އިންޓަވިއުކޮށް ސުވާލުކުރެވިފައި ނެތްނަމަވެސް، ކުއްޖާގެ ވަށައިގެންވާ މާޙައުލު ދެނެގަންނަން މަސައްކަތް ކޮށްފައިވާކަން އެނގެން އޮންނާތީއާއި މިފަދަ ރިޕޯޓެއް ތައްޔާރުކުރާއިރު މި ރިޕޯޓު ތައްޔާރު ކުރުމަށް ކުރެވުނު އިންޓަވިއުތަކުން ރިޕޯޓު ތައްޔާރުކުރުމުގެ މަޤްޞަދު ޙާޞިލު ވެފައިވާނަމަ ކޮންމެހެން ކުއްޖާގެ މަންމަ އާއި ބައްޕައާ ދެމީހުންގެ ބަސް ހޯދުން ލާޒިމު ނޫންކަމަށް ހައިކޯޓުން ބުނެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ނިންމެވީ ފަނޑިޔާރު ހުސައިން ޝަހީދާއި، ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަރުގެ މައްސަލައެއްގައި ސުޕްރީމް ކޯޓުން އެންގުމުންވެސް ހައިކޯޓުގައި އަޑުއެހުމެއް ނުބޭއްވި، ފަނޑިޔާރުން ޗުއްޓީގައި
އިސްތިއުނާފު މަރުޙަލާ ނިމެންދެން ސައްމާހު ބަންދުކުރަންޖެހޭ ޙާލަތެއް ނެތްކަމަށް ހައިކޯޓުން ނިންމީ ރަނގަޅަކަށް ނޫން
ޖިންސީ ގޯނާ ކުރިކަމުގެ ދައުވާ އުފުލާފައިވާ މީހަކު ޝަރުތުތަކާއެކު ދޫކޮށްލީ ރަނގަޅަށް ނޫންކަމަށް ހައިކޯޓުން ނިންމައިފި
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު، ނަމަވެސް ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެ
ކުރީގެ ރައީސް ޔާމީނަށް ހުކުމް ކުރުން މާދަމާ
އެނގިފައިވާގޮތުން އަޅުގަނޑުގެ ޝަރީއަތް މިހާތަނަށް ވެސް ލަސްކުރީ ސަރުކާރުގެ މަތީ ފަންތިން އަތް ބާނައިގެން: ޔާމީން
ހެކިބަސް ނަގާފައި ބަންދުން ދޫކޮށްލާ މީހާގެ ނުފޫޒުން ހެކިން ލައްވައި ޝަރީޢަތަށް ސިޓީ ފޮނުވުން ވަނީ ގިނަވެފައި: ހައިކޯޓު
ޖަލު ބަންދުގައި ތިބޭ މީހުން ޝަރުތުތަކާއެކު ގޭބަންދުކުރުމަށް ކުރާ އަމުރާ އެއްގޮތަށް ޢަމަލުކުރާކަން ދައުލަތުގެ އިދާރާތަކުން ކަށަވަރުކުރެވޭނެ ހަރުދަނާ އުޞޫލެއް ނެތް: ހައިކޯޓު