ކ. މާލެ
|
2 އޮކްޓޯބަރ 2023 | ހޯމަ 20:14
ލިވަޕޫލްގެ މިޑްފީލްޑަރ ކާޓިސް ޖޯންސް: ފޮޓޯ-ލިވަޕޫލް
ލިވަޕޫލްގެ މިޑްފީލްޑަރ ކާޓިސް ޖޯންސް: ފޮޓޯ-ލިވަޕޫލް
އިނގިރޭސި ޕްރިމިއަރ ލީގު
ކާޓިސް ޖޯންސްގެ ރަތްކާޑް ލިވަޕޫލުން އެޕީލް ކޮށްފި
 
ޖޯންސްގެ ކާޑް ކެންސަލް ނުކޮށްފިނަމަ ތިން މެޗު ގެއްލޭނެ

މެޗުގެ އިތުރު ވަގުތުގައި ބައިކޮޅަށް ވަން ލަނޑުން, ޓޮޓެންހަމް އަތުން ބަލިވި މެޗުގައި މިޑްފީލްޑަރ ކާޓިސް ޖޯންސް އަށް ދެއްކި ރަތްކާޑް ލިވަޕޫލުން އެޕީލް ކޮށްފިއެވެ.

ކާޓިސް ޖޯންސް އަށް ރަތްކާޑް ދެއްކީ މެޗުގެ 26 ވަނަ މިނިޓްގައި ޓޮޓެންހަމްގެ ބިސޯމާ އަށް ކުރި ފައުލަކާ ގުޅިގެންނެވެ. ފުރަތަމަ ދެއްކީ ރީނދޫ ކާޑެކެވެ. ނަމަވެސް އެނިންމުން ބަދަލުކޮށް ރެފްރީ ސިމޯން ހޫޕާ ރަތްކާޑް ދެއްކީ ވީއޭއާރުގެ އެހީ ހޯދުމަށްފަހުއެވެ. ލިވަޕޫލުގެ ހުށަހެޅުމާ އެއްގޮތަށް އެ ރަތްކާޑް ކެންސަލް ނުކޮށްފިނަމަ 22 އަހަރުގެ ޖޯންސް އަށް ތިން މެޗު ގެއްލޭނެއެވެ. އެއީ ލިވަޕޫލުން ލީގުގައި ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗާއި, އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗާއި, ނޮޓިންގހަމް ފޮރެސްޓާ ދެކޮޅަށް ކުޅޭ މެޗެވެ.

އެ މެޗުގައި ޖޯންސްގެ އިތުރުން ލިވަޕޫލްގެ ޖޮޓާ އަށްވެސް ރަތްކާޑް ދެއްކިއެވެ. ޖޮޓާއަށް ރަތްކާޑް ދެއްކީ 69 ވަނަ މިނިޓްގައެެވެ. މީގެއިތުރުން ލިވަޕޫލްގެ ލުއިޒް ޑިއާޒް ޖެހި ރަނގަޅު ގޯލެއްވެސް ބަލައިނުގަނެ ދޫކޮށްލިއެވެ. އޮފްސައިޑްކަމަށް ބަލާ ގޯލް ބަލައިނުގަތީ ވީއޭއާރުންވެސް ބެލުމަށްފަހުއެވެ. ނަމަވެސް ފަހުން ލީގުގެ ރެފްރީންގެ ކަންކަން ބަލަހައްޓާ ފަރާތުން ވަނީ އެއީ ގޯސް ނިންމުމެއްކަމަށް ބުނެ, ލިވަޕޫލްގެ ކިބައިން މާފަށް އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް