ވޮލީބޯލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ 26 ވަނަ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގައި ފްރެންޑްސް ކްލަބް ފުނާޑު ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ޕޮލިސް ކްލަބް ހޯދައިފި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ތިންވަނަ ސެމީފައިނަލް މެޗު ފުނާޑާ ވާދަކޮށް ޕޮލިހުން މެޗު ކާމިޔާބުކުރީ ތިން ސެޓް އެއް ސެޓުންނެވެ.
ފުވައްމުލަކުގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓް 20-25 އިން ގެންދިޔައީ ފުނާޑުންނެވެ. އެހެންނަމަވެސް ފަސޭހަކަމާއެކު ޖެހިގެން އައި ތިން ސެޓް ޕޮލިހުން ވަނީ ކާމިޔާބުކޮށްފައެވެ. ޕޮލިހުން ސެޓްތައް ގެންދިޔައީ 13-25، 13-25 އަދި 15-25 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޕޮލިހުގެ މަރިޔަމް އަޒީފާއެވެ.
މި ނަތީޖާއާއެކު މުބާރާތުގެ ތިންވަނަ ފުނާޑުން ވަނީ ކަށަވަރުކޮށްފައެވެ. މުބާރާތުގެ ފައިނަލް މެޗުގައި ވާދަކުރާނީ ޕޮލިސް ކްލަބް އަދި މިސްކިތްމަގު އެންމެންގެ ގުޅުމެވެ. މި މެޗު ކުޅޭނީ ހޮނިހިރު ދުވަހެވެ. މުބާރާތުގެ ފުރަތަމަ ސެމީގައި ޕޮލިސް އަދި މިސްކިތްމަގު ވަނީ ވާދަކޮށްފައެވެ. އެ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ މިސްކިތްމަގުންނެވެ.