ކ. މާލެ
|
2 އޮކްޓޯބަރ 2023 | ހޯމަ 09:11
ސުނާމީ ބިނާ ސަރަހައްދު
ސުނާމީ ބިނާ ސަރަހައްދު
ރާއްޖެއެމްވީ
މޫސުން ގޯސްވުން
މިއަދުވެސް ބައެއް ހިސާބުތަކަށް ވަނީ ހުދު ސަމާލު ނެރެފައި
މާލޭގެ ބައެއް ހިސާބުތަކަށް ވިއްސާރައިގެ އަސަރުކޮށް ވަނީ ފެންބޮޑުވެފަ
ހުދު ސަމާލު ނެރެފައި ވަނީ މިއަދު 5:45 އިން ފެށިގެން މެންދުރު 11:00 އާއި ހަމައަށް

ރާއްޖޭގެ ބައެއް ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.

ހުދު ސަމާލު ނެރެފައި ވަނީ ށ.އަތިޅުން ފެށިގެން ވ.އަތޮޅަށެވެ. އެ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައި ވަނީ މިއަދު 5:45 އިން ފެށިގެން މެންދުރު 11:00 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވަނީ ބުނެފައެވެ.

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ތެރެއިން ކ.އަތޮޅުން ފެށިގެން ވ.އަތޮޅަށް ރޭ ވައިޓް އެލަރޓް ނުވަތަ ހުދު ސަމާލު ނެރުނެވެ. އަދި މާލޭގެ ބައެއް ހިސާބުތަކަށް ވިއްސާރައިގެ އަސަރުކޮށް ވަނީ ފެންބޮޑުވެފައެވެ.

- ކޮމެންޓް