ކ. މާލެ
|
1 އޮކްޓޯބަރ 2023 | އާދީއްތަ 11:24
މެޗުގައި ލަނޑު ޖެހުމަށްފަހު ނަޕޯލީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ނަޕޯލީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
އިޓާލިއަން ލީގު
ލީސް ބަލިކޮށް ނަޕޯލީ ތިން ވަނަ އަށް
 
މިއީ މި ސީޒަންގެ އިޓާލިއަން ލީގުގައި ނަޕޯލީގެ ހަތަރު ވަނަ މޮޅު

އިޓާލިއަން ލީގުގައި ލީސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީން ތިން ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ލީސްގެ ދަނޑުގައި ކުޅުނު މެޗު ނަޕޯލީ ކާމިޔާބު ކުރީ 4-0 އިންނެވެ. މެޗު ފަށައިގެން 16 ވަނަ މިނެޓުގައި ނަޕޯލީ އަށް ލީޑު ނަގައިދިނީ ލިއޯ އޮސްޓިގާޑް އެވެ. އޭނާ އެ ލަނޑު ޖެހީ ޕިއޯޓް ޒިއެލެންސްކީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ނަޕޯލީން އެ ޓީމުގެ އަނެއް ތިން ލަނޑު ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ވިކްޓާ އޮސީމެން އެވެ. އޭގެ ފަހުން މެޗުގެ 88 ވަނަ މިނެޓުގައި އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ ޖިއަންލުކާ ގަޓާނޯ އެވެ. ނަޕޯލީގެ ފަހު ލަނޑު މަތެއޯ ޕޮލިޓާނޯ ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ.

މިއީ މި ސީޒަންގެ އިޓާލިއަން ލީގުގައި ނަޕޯލީގެ ހަތަރު ވަނަ މޮޅެވެ. މިހާތަނަށް ލީގުގައި ކުޅުނު ހަތް މެޗުގެ ތެރެއިން ހަތަރު މެޗުން އެ ޓީމު މޮޅުވީއިރު، އެއް މެޗުން ވަނީ ބަލިވެފަ އެވެ. ދެ މެޗެއް ވަނީ އެއްވަރުވެގެން ނިމިފަ އެވެ. ކުޅުނު ހަތް މެޗުން 14 ޕޮއިންޓު ހޯދައިގެން އެ ޓީމު މިހާރު އޮތީ ތިން ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް