ކ. މާލެ
|
1 އޮކްޓޯބަރ 2023 | އާދީއްތަ 08:14
ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ހޮސްޕިޓަލުގައި
ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ހޮސްޕިޓަލުގައި
ރާއްޖެއެމްވީ
މެންބަރުންނަށް ހަމަލާދިނުން
މެންބަރު ޝަރީފާއި ނިހާދަށް ދިން ޙަމަލާ އެޗްއާރުސީއެމްއިން ކުށްވެރިކޮށްފި
 
މައްސަލަ ވީ އެންމެ އަވަހަކަށް ތަހުޤީޤު ކުރުމަށް ގޮވާލާފައިވޭ

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފާއި، ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދަށް ދިން ހަމަލާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކުށްވެރިކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުންނަށް ހަމަލާދިނުމާއި، މި ދެ ހާދިސާ ހިނގި ތަނުގައި ތިބި އާންމު ރައްޔިތުންނަށްވެސް އެކިވަރުގެ ހަމަލާ ދީފައިވާކަން ފާހަގަކޮށް އެޗްއާރުސީއެމް ބުނީ އެކަން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި ސިޔާސީ ދެބަސްވުންތަކުގައްޔާއި ފިކުރު ތަފާތުވާ ހާލަތްތަކުގައިވެސް އެކަކު އަނެކަކަށް ޖިސްމާނީ އަނިޔާ ދިނުމާއި، އަބުރަށް އަރައިގަތުމާއި، ނަފްރަތުގެ އަމަލުތައް އިސްކުރުމަކީ އެޗްއާރުސީއެމްއިން ކަންބޮޑުވާކަމެއް ކަމަށްވެސް ވަނީ ބުނެފައެވެ.

މިފަދަ ޢަމަލުތައް ހިންގާ ފަރާތްތައް، ކަމާބެހޭ ފަރާތްތަކުން ވީހާވެސް އަވަހަކަށް ތަޙުޤީޤުކޮށް، ފިޔަވަޅުއެޅުމަށް އެޗްއާރުސީއެމްއިން ވަނީ ގޮވާލާފައެވެ.

ފުލުހުން ބުނީ ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު ނިހާދު ގައިގައި ޖަހާފައިވާ މައްސަލަ ހޮނިހިރު ދުވަހުގެ 11:45 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިހާދަށް ހަމަލާ ދީފައިވަނީވެސް ގޭންގަކުންނެވެ. ނަމަވެސް ލިބިފައިވަނީ ކޮން އަނިޔާއެއް ކަމެއް އަދި ސާފެއްނުވެއެވެ.

މީގެ އިތުރުން މެންހަޓަން ހޮޓެލުގައި މަރަދޫ ދާއިރާގެ ބޭފުޅުންތަކެއް މަސައްކަތްކުރައްވަން ތިއްބަވަނިކޮށް ގޭންގެއް ވަދެ މެންބަރު ޝަރީފަށް ހަމަލާދީފައިވާކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެމްޑީޕީން ބުނެފައިވާއިރު ފުލުހުން ވެސް ބުނީ އެ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށެވެ. މަރަދޫ ދާއިރާގެ މެންބަރަށް ހަމަލާ ދިނުމުގެ ސަބަބުން ވާތްފަރާތު ލޯފުޅުމަތި ދުޅަވެފައިވާއިރު މޫނުފުޅު މަތިން ޒަޚަމްތައް ފެންނަން ހުއްޓެވެ.

މެންބަރު ޝަރީފަށް ދިން ހަމަލާގައި މޫނުފުޅު ޒަޚަމްވެފައި
ކޮމެންޓް
ގުޅުންހުރި
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން
ބުޅަލަކަށް އަނިޔާކޮށް، އުސްފާރެއްގެ މަތިން ހޫރާލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި