Advertisement
ކ. މާލެ
|
1 އޮކްޓޯބަރ 2023 | އާދީއްތަ 05:31
ފައްޔާޒް އިސްމާއިލް
ފައްޔާޒް އިސްމާއިލް
އެމްޑީޕީ
އެމްޑީޕީގެ ކުރިމަގު
ދެން އެމްޑީޕީ މަސައްކަތްކުރާނީ އަލަށް އުފެދޭ ސަރުކާރު ޒިންމާދާރުކުރުވުމަށް - ފައްޔާޒް
ފައްޔާޒްގެ ޓްވީޓްގައި ވަނީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކުރެއްވި ޑރ. މުޙައްމަދު މުއިއްޒަށާއި، އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފަށް މަރުޙާބާ ވިދާޅުވެފައި
އެމްޑީޕީގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ވަނީ އިންތިޚާބު ކާމިޔާބުކުރެއްވި އިދިކޮޅު ކެނޑިޑޭޓަށް މަރުޙަބާ ދަންނަވާފަ
އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މި 5 އަަހަރު ކޮށްދެއްވި ޚިދުމަތަށް ޝުކުރު އަދާކުރައްވާފަ

ކުރިއަށް އޮތްތަނުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން މަސައްކަތްކުރާނީ އަލަށް އުފެދޭ ސަރުކާރު ޒިންމާދާރުކުރުވުމަށް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް ޓްވިޓަރ މެދުވެރިކޮށް ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބު ވުމުން، ދެން އެޕާޓީ މަސައްކަތްކުރާނީ އަލަށް އުފެދޭ ސަރުކާރު ޒިންމާދާރުކުރުވުމަށްކަމަށް ކަމަށެވެ. ފައްޔާޒްގެ އެ ޓްވީޓްގައި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކުރެއްވި ޑރ. މުޙައްމަދު މުއިއްޒަށާއި، އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފަށް މަރުޙާބާ ވިދާޅުވެފައިވެއެވެ. އަދި އެ ޓުވީޓުގައި ފައްޔާޒް އިތުރަށް ވިދާޅުވީ އެމްޑީޕީން ދެން މަސައްކަތް ކުރާނީ ސަރުކާރު ހިންގާއިރު ޑިމޮކްރަސީގެ ހަމަތަކާއެކު ކުރިއަށްގެންދޭތޯ ކަށަވަރުކުރުމަށް ކަމަށެވެ.

ފައްޔާޒްގެ އިތުރުން ސަރުކާރާއި އެމްޑީޕީގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ވަނީ އިންތިޚާބު ކާމިޔާބުކުރެއްވި އިދިކޮޅު ކެނޑިޑޭޓަށް މަރުޙަބާ ދަންނަވާފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މި 5 އަަހަރު ކޮށްދެއްވި ޚިދުމަތަށް އެ ބޭފުޅުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

Advertisement

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް