ކ. މާލެ
|
1 އޮކްޓޯބަރ 2023 | އާދީއްތަ 07:41
އުރީދޫ
އުރީދޫ
އުރީދޫ
އުރީދޫ
އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ފިޓްސްއެއާއިން ކޮލަމްބޯއަށް ޚާއްސަ ފެއާއެއް
 
އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ފިޓްސް އެއާއިން ކޮލަމްބޯއަށް ދެކޮޅު ޓިކެޓް 204 ޑޮލަރަށް ލިބޭނެ

ކޮލަމްބޯއަށް ދަތުރު ކުރާ އުރީދޫ ކްލަބް ޕްރިމިއާ މެންބަރުންނަށް ޚާއްސަ އޮފާއެއް އުރީދޫ މޯލްޑިވްސް އިން ތައާރަފު ކޮށްފިއެވެ.

އެ ކުންފުނިން މި އޮފާ ތަައާރަފު ކޮށްފައިވަނީ ފިޓްސްއެއާ އާ ގުޅިގެންނެވެ. އެގޮތުން މިހާރު އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ފިޓްސް އެއާއިން ކޮލަމްބޯއަށް ދެކޮޅު ޓިކެޓް 204 ޑޮލަރަށް ލިބޭނެއެވެ.

މި ފެއާގައި ޓިކެޓް ނެގުމަށް އުރީދޫ އެޕް މެދުވެރިކޮށް ކްލަބް ޕްރިމިއާ ކާޑު ދެއްކުމުން ޓިކެޓް ލިބޭނެއެވެ.

މިއީ ޗުއްޓީ ހޭދަކުރަން ކޮލަމްބޯއަށް ދާ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހެޔޮ އަގުގައި ދަތުރު ކުރެވޭ ގޮތް ހެދުމަށް އުރީދޫއިން ތައާރަފު ކުރި އޮފާއެކެވެ.

އުރީދޫ ކްލަބް ޕްރިމިއާ މެންބަރަކަށް ވާން ބޭނުންވާ ކަސްޓަމަރުންނަށް ޕޯސްޓްޕެއިޑް ޕްލޭން 1000 އަދި އެއަށްވުރެ ބޮޑުކުރުމުން މެންބަރަކަށް ވެވޭނެއެވެ. މިއާއެކު އުރީދޫގެ ޚާއްސަ ފައިދާތައް އެ ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

އުރީދޫ ކްލަބް ޕްރިމިއާ މެންބަރަކަށް އަލަށް ވާ ކަސްޓަމަރުންނާއި ޕްލޭން އަޕްގްރޭޑް ކުރާ މިހާރުގެ ކަސްޓަމަރުންނަށް ޚާއްސަ އޮފާއެއްވެސް މިހާރު ކުރިއަށް އެބަދެއެވެ. ފަހުގެ އައިފޯނު ލިބޭ މި އޮފާ އުރީދޫއިން ހުޅުވާލާފައިވަނީ 30 ސެޕްޓެމްބަރުގެ ނިޔަލަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް