މެންޗެސްޓަރ ޔުނައިޓެޑް އަތުން ކްރިސްޓަލް ޕެލަސްއިން ފުރިހަމަ މޮޅެއް ހޯދައިފިއެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި ޔުނައިޓެޑްގެ ދަނޑުގައި ކްރިސްޓަލް ޕެލަސްއިން ޔުނައިޓެޑް ބަލިކުރީ 1-0 ނެވެ. މެޗުގައި ޔުނައިޓެޑް ބަލިކުރަން ލަނޑު ޖެހީ ފުރަތަމަ ހާފްގައި އެންޑަރސަންއެވެ. މިއީ ލީގުގައި އަމިއްލަ ދަނޑުގައި ވިދިވިދިގެން ޔުނައިޓެޑްގެ ދެވަނަ ބައްޔެވެ. މިއީ ފަސް ދުވަހުގެ ތެރޭގައި މިދެޓީމް ވާދަކުރި ދެވަނަ ފަހަރެވެ. ލީގު ކަޕްގައި ޔުނައިޓެޑުން ވަނީ 3-0 ން ކްރިސްޓަލް ޕެލަސް ބަލިކޮށްފައެވެ. ކްރިސްޓަލް ޕެލަސްއަށް މިމޮޅު ޚާއްޞަ ވަނީވެސް މިސަބަބަށްޓަކައެވެ.
މިސީޒަންގައި ލީގުގައި ޔުނައިޓެޑް ކުޅުނު ހަތް މެޗުގެ ތެރެއިން ހަތަރު މެޗުން ވަނީ ބަލިވެފައެވެ. މިއީ ލީގުގައި މިދިޔަ 34 އަހަރުގެ ތެރޭގައި ޔުނައިޓެޑްގެ އެންމެ ގޯސް ފެށުމެވެ. ޔުނައިޓެޑް އޮތީ 9 ޕޮއިންޓާއެކު ލީގު ތާވަލްގެ 10 ވަނާގައެވެ.
ލީގުގައި ނިއުކާސަލް ޔުނައިޓެޑް ވަނީ 2-0 ން ބާންލީ ބަލިކޮށްފައެވެ. ނިއުކާސަލް އޮތީ ހަތް މެޗުން 12 ޕޮއިންޓާއެކު ހަތް ވަނާގައެވެ.