ކ. މާލެ
|
30 ސެޕްޓެންބަރ 2023 | ހޮނިހިރު 14:10
ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ކޯޑިނޭޓަރ ފޯ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންސް، ޖޯން ކިރްބީ
ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ކޯޑިނޭޓަރ ފޯ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންސް، ޖޯން ކިރްބީ
ރޮއިޓާސް
ވައިޓްހައުސް
ސައޫދީ އަރަބިއްޔާއާއި އިސްރާއީލު ދަނީ އެއްބަސްވުމުގެ "ފްރޭމްވޯކް" އާ ދިމާއަށް: އެމެރިކާ
ރައީސް ޖޯ ބައިޑަން އުއްމީދު ކުރައްވަނީ ކުރިއަށްއޮތް އިންތިޚާބީ އަހަރު ޑިޕްލޮމެޓިކް ކާމިޔާބީއެއް ހޯއްދަވަން

އިސްރާއީލާއި ސައޫދީ އަރަބިއްޔާއާ ދެމެދު ޒަމާނުއްސުރެ ހިނގަމުން ދިޔަ ދެކޮޅުވެރިކަމަށްފަހު، ގުޅުން ގާއިމްކުރުމަށް އެމެރިކާގެ މެދުވެރިވެގެން ހަދާފައިވާ ތާރީޚީ އެއްބަސްވުމުގެ އައުޓްލައިނާ ދިމާއަށް އިޒްރޭލާއި ސައޫދީ އަރަބިއްޔާ ދަތުރުކުރަމުން ދާކަމަށް ވައިޓް ހައުސްއިން ބުނެފިއެވެ.

ރައީސް ޖޯ ބައިޑަން އުއްމީދު ކުރައްވަނީ ކުރިއަށްއޮތް އިންތިޚާބީ އަހަރު ޑިޕްލޮމެޓިކް ކާމިޔާބީއެއް ހޯއްދަވައި، އިސްލާމް ދީނުގެ އެންމެ މާތް ދެ ތަނުގެ ބެލެނިވެރި ފަރާތް ކަމަށްވާ ސައޫދީ އަރަބިއްޔާއިން ޔަހޫދީ ދައުލަތް ބަލައިގަތުމަށް ކަމަށް ވައިޓްހައުސްއިން ބުނެއެވެ.

ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު، ޖޯން ކިރްބީ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ހުރިހާ ފަރާތްތަކަކުންވެސް، ވިސްނުން ބަދަލުކޮށް ސުލްހަ ގާއިމްކުރެވޭނެ ގޮތުގެ އަސާސީ އޮނިގަނޑެއް މިހާރު އެކުލަވާލެވިފައި ވާކަމަށެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހްރެއިން، އަދި މޮރޮކޯއިންވެސް އިސްރާއީލާއެކު ގުޅުން ބަދަހިކޮށްފައިވާތީ، މެދުއިރުމަތީގެ ބައިވެރިން ކަމަށްވާ އިސްރާއީލާ ސައޫދީ އަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރުމަށް އެމެރިކާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފަދައިން، ސައޫދީ އަރަބިއްޔާގެ ވަލީއަހުދު އަދި ރަސްގެފާނު މުހައްމަދު ބިން ސަލްމާންވެސް ދާދި ފަހުން ވަނީ ދެ ފަރާތް ގާތްވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

ވައިޓްހައުސްއިން މި މޭރުމުން ވާހަކަ ދެއްކިނަމަވެސް، އިސްރާއީލާއެކު ސީދާ ގުޅުން ގާއިމުކުރުމުގެ ބަދަލުގައި ސައޫދީ އަރަބިއްޔާއިން ދަނީ، އެމެރިކާއާއެކު ހަދާފައިވާ މުއާހަދާއެއް ހިމެނޭ ގޮތަށް ސަލާމަތީ ގެރެންޓީތައް ހޯދަމުންނެވެ.

ނަމަވެސް ފަލަސްތީނުން ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަކާ ނުލައި މެދުއިރުމަތީގައި ސުލްހައެއް ނޯންނާނެކަމަށް ބުނެ، ކޮންމެ އެއްބަސްވުމެއްގައި ވެސް އެ ކަމަށް ރިއާޔަތްކުރަން ޖެހޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް