Advertisement
ކ. މާލެ
|
20 ޖުލައި 2017 | ބުރާސްފަތި 22:48
ފުލުހުން މަގުތަކުގައި ހަރަކާތްތެރިވަނީ
ފުލުހުން މަގުތަކުގައި ހަރަކާތްތެރިވަނީ
މުހައްމަދު ޝަރުހާން
ފުލުހުންގެ އޮޕަރޭޝަން
ހައްޔަރުކުރަމުންގެންދަނީ، މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން: ފުލުހުން
ހައްޔަރުކުރި މީހުންގެ މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށް ފުލުހުން ބުނި

ފުލުހުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންތަކުގައި ހައްޔަރުކުރަމުންގެންދަނީ ތަފާތު އެކިމައްސަލަތަކަށް ތުޙުމަތުކުރެވޭ މީހުންކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ. 

 

މާލޭގައި ފުލުުހުން ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށްގެންދާއިރު، ފުލުހުންގެ ގެންދަނީ ހަމަނުޖެހުން ހިންގުމަށް މަސައްކަތްކުރާކަމުގެ ތުހުމަތުގައިވެސް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރަމުންނެވެ.

 

ފުލުހުން ކުރިއަށްގެންދަ ހާއްސަ އޮޕަރޭޝަންތަކާއި ގުޅޭގޮތުން ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހައްޔަރުކުރަމުންދަނީ އެކި މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތައް ކަމަށެވެ. އަދި އޮޕަރޭޝަން މިހާރު ކުރިއަށްދާތީ ހައްޔަރުކުރެވިފައިވާ މީހުންގެ މައުލޫމާތު މިވަގުތު ހިއްސާކުރެވެން ނެތްކަމަށް އޮފިޝަލް ވިދާޅުވި އެވެ.

 

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަމަނުޖެހުން ނަގާލުމަށް ބަޔަކު ރާވަމުންދާކަމަށް ބުނެ ފުލުހުންވަނީ ބުދަ ދުވަހު ބަޔާނެއްވެސް ނެރެފައިވެއެވެ. 

 

ފުލުހުން ނެރެފައިވާ މި ބަޔާނެއްގައި ބުނެފައިވަނީ، މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަޔަކު ހަމަ ނުޖެހުން އުފައްދަން ރާވަމުންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ. އެހެންކަމުން މާލެއާއި އަތޮޅުތެރޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި އިތުރު ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް ހިސާބެއްގައި ހަމަ ނުޖެހުން ހިންގުމުގެ ފުރުސަތު ފުލުހުން ނުދޭނޭކަމަށެވެ.

 

ހަމަ ނުޖެހުން ހިންގުމަށް ރާވައި، އެފަދަ އަމަލެއް ހިންގަން އުޅޭކަމަށް ބެލެވޭ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ފުލުހުން ވަނީ ދީފައެވެ.

 

ފުލުހުން މި ބަޔާން ނެރެ މިފަދަ އިލްތިމާސެއް ކޮށްފައިވާއިރު، މާލޭގައި ބުދަދުވަހުގެރޭ ވަނީ ދެމީހެއްގެ ގަޔަށް ވަޅި ހަރައި ޒަޚަމްކޮށްލާފައެވެ. އަދި އަންގާރަ ދުވަހުގެރޭ ވެސްވަނީ ޗާންދަނީ މަގުގައި ގްރޫޕް މާރާމާރީއެއް ހިންގައިފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް