ކ. މާލެ
|
29 ސެޕްޓެންބަރ 2023 | ހުކުރު 18:14
އުރީދޫއިން އައިފޯނު ހަވާލުކުރުން
އުރީދޫއިން އައިފޯނު ހަވާލުކުރުން
އުރީދޫ
އުރީދޫ މޯލްޑިވްސް
އުރީދޫ މެދުވެރިކޮށް ފަހުގެ އައިފޯނު އޯޑަރު ކުރި ފަރާތްތަކާ ފޯނު ހަވާލުކުރަން ފަށައިފި
 
އައިފޯނު އޯޑަރު ކުރި ކަސްޓަމަރުންގެ ތެރެއިން ބަލާ ނުދެޥޭ ކަސްޓަމަރުންނަށް މޫލީ މެދުވެރިކޮށް ހަވާލު ކުރާނެ

އުރީދޫ މޯލްޑިވްސް މެދުވެރިކޮށް ފަހުގެ އައިފޯނު އޯޑަރު ކުރި ފަރާތްތަކާ ފޯނުތައް ހަވާލު ކުރަން ފަށައިފިއެވެ.

އުރީދޫއިން މި ފޯނުތައް ހަވާލު ކުރަން ފެށީ ބުރާސްފަތި ދުވަހުގެ ރޭ މެންދަމުން ފެށިގެންނެވެ. އެގޮތުން އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގައި ކުރިއަށް ގެންދިޔަ މި ހާއްސަ ހަރަކާތުގައި ކިޔޫގައި، ނުޖެހި ލައިވް މިއުޒިކާއެކު ހިތްގައިމު މާހައުލެއްގައި ފޯނާއި ހަވާލުވުމުގެ ތަޖުރިބާއެއް އުރީދޫއިން އުފައްދައިދިނެވެ.

ޕްރީއޯޑަރ ކުރި ކަސްޓަމަރުންގެ ތެރެއިން ފޯނާއި ހަވާލުވުމަށް ނުދެވުނު ކަސްޓަމަރުންނަށް މޫލީ މެދުވެރިކޮށް މިހާރު ފޯނުތައް ރާއްޖޭގެ އެކި ހިސާބުތަކަށް ޑެލިވަރ ކުރުމުގެ މަސައްކަތްފަށާފައިވާ ކަމަށް އުރީދޫއިން ބުންޏެވެ.

އައިފޯން 15 އަދި އައިފޯން 15 ޕްލަސް ފަރުމާކުރެވިފައިވަނީ ބާރުގަދަ 48 އެމްޕީގެ މެއިން ކެމެރާއަކާ 2x އިތުރު ޓެލެފޮޓޯ އޮޕްޝަނާ، އޭ16 ބަޔޮނިކް ޗިޕް އަދި ޔޫއެސްބީ-ސީ ޗާޖިންގް ޕޯޓް ހިމެނޭހެންނެވެ. އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އަކީ އެޕަލް އިން މިހާތަނަށް ނެރުނު އެންމެ ލުއި ޕްރޯ މޮޑެލްތަކެވެ.

ވަރުގަދަ ނަމަވެސް ލުއި ޓައިޓޭނިއަމްއިން ފަރުމާކޮށްފާވާ މި ފޯނުތަކުގައި ބޮޑެތި އަޕްގްރޭޑްތަކާއެކު 48 މެގަޕިކްސެލްގެ މެއިން ކެމެރާ ސިސްޓަމްގެ އިތުރުން އޭ17 ޕްރޯ އަދި ޔޫއެސްބީ-ސީ ޗާޖިންގ ޕޯޓް ހިމެނެއެވެ.

މޫލީ މެދުވެރިކޮށް އައިފޯން ޕްރީއޯޑަރ ކުރި ކަސްޓަމަރުންނަށް ހާއްސަ އޮފަރއެއްގެ ގޮތުން، އުރީދޫ ނެޓްވޯކްގެ ކަސްޓަމަރުންނަށް ތިން މަސް ދުވަހުގެ މުއްދަތަކާއެކު 100 ޖީބީ މޮބައިލް ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެއެވެ. ބޯނަސް ޑޭޓާ ހޯދުމަށް ފޯނު ޕްރީ އޯޑަރ ކުރެއްވި ފަރާތްތަކުން “Bonus100GB” ކީވޯޑާ ޖައްސަވާފަ 5555 އަށް އެސްއެމްއެސް ކޮށްލެއްވުމަށް އުރީދޫއިން އެދިފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
100%
ކޮމެންޓް