Advertisement
ކ. މާލެ
|
20 ޖުލައި 2017 | ބުރާސްފަތި 22:10
ސްޓެލްކޯ ބިލްޑިންގް
ސްޓެލްކޯ ބިލްޑިންގް
ގޫގުލް
ކަރަންޓު ކެނޑުން
މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ
ކަރަންޓުގެ ޙިދުމަތް މެދުކެނޑިފައިވަނީ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން

މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ އެވެ.

 

މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިފައިވަނީ މިރޭ 21:25 ހާއިރުގައެވެ. 

 

ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ސްޓެލްކޯގެ ޑައިރެކްޓަރ އިބްރާހީމް ރައުފް ވިދާޅުވީ ކަރަންޓުގެ ޙިދުމަތް މެދުކެނޑިފައިވަނީ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެންކަމަށާއި މިހާރު އެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

 

ރައުފް ވިދާޅުވީ ކަރަންޓުގެ ޙިދުމަތް މެދުކެނޑިފައިވަނީ ދެ ފީޑަކުން ކަމަށާއި ސީދާ މާލޭގެ ކޮން ސަރަހައްދުތަކަކުން ކަމެއް ކަރަންޓުގެ ޙިދުމަތް މެދުކެނޑުނީ ދަންނަވަން ދަތިކަމަށެވެ. ރައުފް އިތުރަށް ވިދާޅުވީ އިރުކޮޅެއް ތެރޭގައި މައްސަލަ ހައްލުވެ ރައްޔިތުންނަށް ކަރަންޓުގެ ޙިދުމަތް ފޯރުކޮށްދެވިގެންދާނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް