ކ. މާލެ
|
28 ސެޕްޓެންބަރ 2023 | ބުރާސްފަތި 13:45
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
ރާއްޖެއެމްވީ
ދައުލަތުގެ އާމްދަނީ
އަހަރުގެ މިހާތަނަށް ދައުލަތަށް 23.9 ބިލިއަން ރުފިޔާ
 
އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 17.8 ބިލިއަން ރުފިޔާ
 
އެހީގެ ގޮތުގައި ލިބުނު 351 މިލިއަން ރުފިޔާވެސް ހިމެނޭ
 
މިދިޔަ އަހަރު މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ، 20.9 ބިލިއަން ރުފިޔާ

2023 ވަނައަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 23.9 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުގައި ވާގޮތުން އެއީ މިމަހުގެ 21ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީއެވެ. މިދިޔަ އަހަރު މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ، 20.9 ބިލިއަން ރުފިޔާއެވެ.

ލިބުނު އާމްދަނީގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވާ 17.8 ބިލިއަން ރުފިޔާ އަދި ޓެކްސް ނޫންގޮތުގައި ލިބުނު 5.6 ބިލިއަން ރުފިޔާ ހިމެނެއެވެ. އަދި އެހީގެ ގޮތުގައި ލިބުނު 351 މިލިއަން ރުފިޔާވެސް ހިމެނެއެވެ. ޓެކްސް ޢާމްދަނީގެ ތެރޭގައި އިމްޕޯޓު ޑިއުޓީއާއި، ބިޒްނަސް އެންޑު ޕްރޮޕަރޓީ ޓެކްސް، ބީޕީޓީ އާއި، ޖީއެސްޓީވެސް ހިމެނެއެވެ.

އެގޮތުން އިމްޕޯޓް ޑިއުޓީން 2.2 ބިލިޔަން ރުފިޔާ، ބީޕީޓީގެ ގޮތުގައި 4.8 ބިލިއަން ރުފިޔާ އަދި ޖީއެސްޓީގެ ގޮތުގައި 9.2 ބިލިއަން ރުފިޔާ ލިބުނެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި 709 މިލިއަން ރުފިޔާ އާއި އެއަރޕޯޓް ސަރވިސް ޗާޖް އަދި ޑިޕާޗަރ ޓެކްސްގެ 703 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ސެޕްޓެމްބަރ 21 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދަކީ 32.1 ބިލިއަން ރުފިޔާއެވެ. އޭގެތެރޭގައި ރިކަރަންޓް ޚަރަދަށް ކުރި 21.7 ބިލިއަން ރުފިޔާއާއި، ކެޕިޓަލް ޚަރަދަށް ހިނގި 10.3ބިލިއަން ރުފިޔާ ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް