ކ. މާލެ
|
28 ސެޕްޓެންބަރ 2023 | ބުރާސްފަތި 08:05
ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އައްޝެއިޚް އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އައްޝެއިޚް އިމްރާން އަބްދުﷲ
އެމްޑީޕީ
ތިނަދޫގައި ބޭއްވި ޖަލްސާ
ޕީޕީއެމްގެ ސަރުކާރުގައި ލާމަރުކަޒީ ނިޒާމު އެއްކޮށް ހަލާކުކޮށްލާނެ: އިމްރާން
 
ދައުލަތް މިއަދު ހިނގަމުންދަނީ ރައްޔިތުންނަށް ގަބޫލުކުރެވޭ ނިޒާމީ ހަމަތަކެއްގެ މަތިންކަމަށް އިމްރާން ވިދާޅުވި
 
ލާމަރުކަޒީ ނިޒާމު، ލާމަރުކަޒީ ގާނޫނު އެފުށް މިފުށަށް ޖަހާ ސިޓީތައް އުވަލާ އެޓޯލް މިނިސްޓްރީ އެއްގެ ދަށަށް ގެންދާނެކަމަށް އިމްރާން ވިދާޅުވި

ޕީޕީއެމްގެ ސަރުކާރެއް އުފެދިއްޖެނަމަ ދައުލަތުގެ މުޅި ނިޒާމު ހަރާބުކޮށްލާނެކަމަށާއި ލާމަރުކަޒީ ނިޒާމު ހަލާކުކޮށްލާނެކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އައްޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަކީ ނިޒާމީ ހަމަތަކުގެ މަތިން މަސައްކަތްކުރައްވާ ބޭފުޅެއްކަމަށެވެ. އަދި ދައުލަތް މިއަދު ހިނގަމުންދަނީ ރައްޔިތުންނަށް ގަބޫލުކުރެވޭ ކިޔަވައިގެން ތިބި ގާބިލު މީހުންނަށްވެސް ގަބޫލުކުރެވޭ ނިޒާމަކާއި ހަމަތަކެއްގެ މަތިންކަމަށެވެ.

އިމްރާން ވިދާޅުވީ އަތޮޅުތައް ހިންގުމަށްޓަކައި ވަކި ތަރުތީބަކުން ވަކި ނިޒާމަކުން ގާނޫނު އިސްލާހުކޮށް ބަދަލު ގެނެސް މިއަދު ތިނަދޫ ސިޓީއަކަށް ހެދުމުން ފަހަތުން އައިސް އިދިކޮޅު ކެންޑިޑޭޓް ވިދާޅުވަނީ އެއަށްވުރެ ބޮޑު ސިޓީއަކަށް ތިނަދޫ ހައްދަވާނެކަމަށެވެ.

އުރަ ތަންކޮޅެއް ބޮޑުކޮށްލާނަމޭ. މިއީ އަޅުގަނޑުމެންގެ ރައީސް ކަންތައް ކުރައްވާ ގޮތެއް ނޫން. ދަންނަވަންތޯ އެބޭފުޅުން ވަޑައިގެންނަވައިފިއްޔާ ދައުލަތުގެ މުޅި ނިޒާމު ހަރާބުކޮށްލާނެ. މުޅި ނިޒާމު ހަރާބުކޮށްލާނެ. ލާމަރުކަޒީ ނިޒާމު، ލާމަރުކަޒީ ގާނޫނު އެފުށް މިފުށަށް ޖަހާ ސިޓީތައް އުވަލާ އެޓޯލް މިނިސްޓްރީ އެއްގެ ދަށަށް އަދުރޭގެ ދަށަށް ރާއްޖެ ގެންގޮސް އަތޮޅުތައް ގެންގޮސް ނަގާލާނެ. މިޖާގައެއް ރައްޔިތުން ނުދޭނެ.
އިމްރާން އަބްދުﷲ/ އަދާލަތު ޕާޓީގެ ރައީސް

އިމްރާން ވިދާޅުވީ ފުރަތަމަ ބުރުގައި ނުކުތް ނަތީޖާއަކީ މާބޮޑަށް އޯވަރ ކޮންފިޑެންސް ވެގެން ނުކުތް ނަތީޖާއެއްކަމަށެވެ. އެކި ރަށްރަށަށް މިސަރުކާރުން ކޮށްދީފައިވާ ކަންކަމާއެކު އެފަދަ ނަތީޖާއެއް ނުކުމެދާނެކަމަށް އެއްވެސް މީހަކަށް ހީކުރެވިފައިނުވާކަމަށެވެ. އެނަތީޖާއެކު ގިނަ ކަންކަން ބަދަލުކޮށްފައިވާކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވަނީ ވޯޓުލުމާއި ހަމައަށް މިއޮތް ވަގުތުކޮޅުގެ ތެރޭގައި ކޮންމެ މީހަކަށްވެސް ކުރެވުނު މަސައްކަތެއް ކޮށްގެން އިތުރު ވޯޓު ހޯދުމަށް އެދިވަޑައިގަންނަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް