ކ. މާލެ
|
25 ސެޕްޓެންބަރ 2023 | ހޯމަ 10:22
އިޓާލިއަން ލީގުގައި އިންޓަ އިން އެމްޕޮލީއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން
އިޓާލިއަން ލީގުގައި އިންޓަ އިން އެމްޕޮލީއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
އިޓާލިއަން ލީގު
އެމްޕޮލީ ބަލިކޮށް، އިންޓަ އަށް އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް
 
މިހާތަނަށް އައިއިރު މި ސީޒަންގެ އެއްވެސް މެޗަކުން އިންޓަ ބަލިވެފައެއް ނުވޭ

އިޓާލިއަން ލީގުގައި އެމްޕޮލީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އިންޓަ މިލާނުން އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މި ސީޒަންގެ މިހާތަނަށް އައި އިރު، އެއްވެސް މެޗަކުން ބަލިވެފައިނުވާ އިންޓަ އިން އެމްޕޮލީގެ ދަނޑުގައި ކުޅުނު މެޗު ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި އިންޓަ އިން ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. އޭގެ ކުރިން ފުރަތަމަ ހާފުގައި ވެސް އެ ޓީމުން ވަނީ ލަނޑު ޖަހައި، ލީޑު ނެގުމަށް މަސައްކަތް ކޮށްފަ އެވެ. ފުރަތަމަ ހާފުގައި އިންޓަގެ އާޖެންޓީނާގެ ފޯވާޑް ލައުޓާރޯ މާޓިނޭޒް އަދި ފްރާންސްގެ މާކަސް ތުރަމް އަށް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބި، ބޭކާރުވެފަ އެވެ. މީގެ އިތުރުން އެމްޕޮލީ އަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެވެ. ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި އިންޓަގެ ލަނޑު ޖެހީ ފެޑެރިކޯ ޑިމާކޯ އެވެ.

މޮޅާއެކު އިންޓަ އެއް ވަަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަަނައިގައި އޮތް އޭސީ މިލާނަށް ލިބެނީ 12 ޕޮއިންޓެވެ. ތިން ވަނައިގައި ލީސް 11 ޕޮއިންޓާއެކު އޮތް އިރު، ހަތަރު ވަނައިގައި އޮތް ޔުވެންޓަސް އަށް ލިބެނީ 10 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް