ކ. މާލެ
|
25 ސެޕްޓެންބަރ 2023 | ހޯމަ 06:37
ނައިޖަރގެ ބަޣާވާތަށްފަހު އެގައުމުގެ މީހުން މަގުތަކަށް ނުކުމެ
ނައިޖަރގެ ބަޣާވާތަށްފަހު އެގައުމުގެ މީހުން މަގުތަކަށް ނުކުމެ
ރޮއިޓާރސް
ނައިޖަރގެ ބަޣާވާތް
ބަޣާވާތާ ގުޅިގެން ނައިޖަރުން ފުރާންސްގެ ސިފައިން ނެރެން ނިންމައިފި
 
އަހަރު ނިމޭއިރު 1،500 ސިފައިން އަނބުރާ ދާނެ

ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ނައިޖަރގައި ޖުލައި މަހު ހިނގި ބަޣާވާތަށް ފަހު ފްރާންސްގެ ސިފައިން ނައިޖަރުން ނެރޭނެ ކަމަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެއެވެ.

މެކްރޮން ވިދާޅުވީ އަހަރު ނިމޭއިރު 1،500 ސިފައިން އަނބުރާ ދާނެ ކަމަށާއި ނައިޖަރުގެ ކުރީގެ އިސްތިއުމާރީ ބާރު ކަމަށްވާ ފްރާންސް އިން "ޕުޗިސްޓުން ރަހީނު ކުރަން" ދެކޮޅު ހަދާ ކަމަށެވެ.

ހަފްތާތަކެއް ވަންދެން ޖަންޓާގެ ޕްރެޝަރާއި އާންމު މުޒާހަރާތަކަށް ފަހު ފްރާންސް ވަކިވުމަކީ އެފްރިކާގައި ރަޝިޔާގެ ނުފޫޒު ފުޅާވަމުންދާތީ ހުޅަނގުގެ ކަންބޮޑުވުންތައް އިތުރަށް ބޮޑުވުން އެކަށީގެންވާ ކަމެކެވެ. ރަޝިޔާގެ ކުލީ ސިފައިންގެ ބާރު ވެގްނަރ މިހާރުވެސް ނައިޖަރުގެ އަވަށްޓެރި މާލީގައި އެބަތިއްބެވެ.

ފްރާންސްގެ ރައީސް ވަނީ ޖަންޓާ އަކީ ނައިޖަރުގެ ޝަރުއީ ބާރުގެ ގޮތުގައި ބަލައިގަތުމަށް ދެކޮޅު ހައްދަވާފައި ނަމަވެސް ޕެރިހުން ސިފައިން އަނބުރާ ގެންދިއުމަށް ބަޣާވާތުގެ ލީޑަރުންނާ ކޯޑިނޭޓް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ފްރާންސްގެ ސަފީރު ވެސް އަނބުރާ ގައުމަށް ގެންނަ ކަމަށާއި ވަރަށް އަވަހަށް އެނބުރި އެގައުމަށް ވަޑައިގަންނަވާނެ ކަމަށް މެކްރޮން އިތުރަށް ވިދާޅުވިއެވެ.

ނައިޖަރުގެ ވެރިރަށް ނިޔާމީގައި ހުންނަ ފްރާންސްގެ އަސްކަރީ މަރުކަޒަކީ ޖުލައި 26 ވަނަ ދުވަހު ހިނގި ބަޣާވާތަށް ފަހު ފްރާންސްއާ ދެކޮޅު މުޒާހަރާތަކުގެ މަރުކަޒަކަށް ވަނީ ވެފައެވެ.

ވެރިރަށް މާލޭގައި ބައިތިއްބާފައި ތިބި ސިފައިން ނުކުތުމަށް ގޮވާލާ މަގުމައްޗަށް ގްރޫޕްތައް އެއްވެއެވެ. މި މަހުގެ ތެރޭގައި ފްރާންސްއާ ދެކޮޅަށް އެތައް ހާސް މީހުން އެއްވެ، ފްރާންސްގެ ކުލަތައްލާފައި ހުރި ބަކަރިއެއްގެ ކަރު ބުރިކޮށްލައި، ފްރާންސްގެ ދިދަ ޖަހާފައިވާ ސަންދޯއްތައް ހިފައިގެން ގޮސްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް