ކ. މާލެ
|
24 ސެޕްޓެންބަރ 2023 | އާދީއްތަ 17:23
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް
ރައީސް ސާލިހާއި ނަޝީދު
ޕާޓީން ނިންމާފައިވާ ގޮތަށް، މި އިންތިޚާބުގައި އެއްވެސް ބޭފުޅަކަށް ތާއީދުކުރާކަށް ގަސްދެއް ނުކުރަން: ރައީސް ނަޝީދު
 
ދެވަނަ ބުރުގައި ރައީސް ސާލިހަށް ތާއީދުކޮށްދެއްވަން އެމަނިކުފާނު އެދިވަޑައިގެންފައެއް ނުވޭ

ދަ ޑިމޮކްރެޓްސްއިން ނިންމާފައިވާގޮތަށް، މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ބޭފުޅަކަށް ތާއީދު ކުރައްވަން ގަސްދު ނުކުރައްވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު މަޖިލީސް އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ނަޝީދު ވިދާޅުވީ، އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާނެ ކަމަށެވެ. ނޫސްވެރިން ވަނީ ނަޝީދު ތާއީދުކުރައްވަނީ ކޮން ބޭފުޅަކަށްތޯ ތަކުރާރުކޮށް ދަންނަވާފައެވެ. ނަމަވެސް ނަޝީދު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ ދެ ބޭފުޅުން ވާދަކުރެއްވިޔަސް، އެ މަނިކުފާނު އަދިވެސް ތާއީދުކުރައްވަނީ އިންތިޚާބުގެ ފުރަތަމަ ބުރުން ތިންވަނައަށް ވަޑައިގެންނެވި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ކަމަށެވެ.

އަޅުގަނޑު ތާއީދުކުރީ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް. މިފަހަރު ކަންދިމާކުރި ގޮތުން އެބޭފުޅާއަށް ކާމިޔާބެއް ނުލިބުނު. އެހެންކަމުން ޕާޓީން ނިންމާފަ ވާގޮތަށް، މީހަކަށް ތާއީދުކުރަން ގަސްދެއް ނުކުރަން. އެހެންނަމަވެސް އަޅުގަނޑު ދަންނަވާލަން ޖެހޭ ރިޔާސީ އިންތިޚާބަށް ބޭފުޅުން ވަޑައިގަންނަވާއިރު ކެންޑިޑޭޓުން އެހެން ގައުމުތައް އިންތިޚާބުގެ ތެރެއަށް ބައިވެރިނުކުރުން. އެކަން އެހެން ނުކުރެއްވުން ރަނގަޅު.
ރައީސް މުހައްމަދު ނަޝީދު

ނަޝީދު ރައީސް އޮފީހަށް ވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސާލިހާއެކު ބޭއްވެވި ބައްދަލުވުމަށްފަހު ރައީސް ނަޝީދާ ހަވާލާދެއްވައި ރައީސް ސާލިހު ވިދާޅުވީ، ދަ ޑިމޮކްރެޓްސްއިން ކުރިންވެސް ނިންމި ގޮތަށް ވަކި ކެންޑިޑޭޓަކަށް ތާއީދުނުކުރާނެ ކަމަށެވެ. އެހެން ނަމަވެސް (އަމިއްލަފުޅު ހައިސިއްޔަތުން) ނަޝީދުގެ ތާއީދަށް އެދިވަޑައިގެންފައި ވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް އެގޮތަށް އެދިވަޑައިގެންނެވިތޯ، ނޫސްވެރިންގެ ބައްދަލުވުމުގައި ދެންނެވުމުން ނަޝީދު ވިދާޅުވީ އެދިވަޑައިނުގަންނަވާ ކަމަށެވެ.

މި ބައްދަލު ކުރެއްވުމާ ގުޅޭގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ، އިންތިޚާބުގެ ދެވަނަބުރާ ގުޅޭގޮތުން ވެސް ވާހަކަ ދެކެވުނުއިރު، އިންތިޚާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްއިން "ނިއުޓްރަލް ސްޓޭންޑް"ގައި ތިބޭނެ ވާހަކަ ރައީސް ނަޝީދު ވިދާޅުވިކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރި ނިޒާމީ ވޯޓުގެ ގަރާރާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ. އެގޮތުން އިންތިޚާބަށްފަހު ނިޒާމީ ވޯޓުގެ ކަންތަކުގައި އިލެކްޝަންސް ކޮމިޝަންގައި އެދުމާ ގުޅޭގޮތުން ދެބޭފުޅުން ވާހަކަ ދެއްކެވިކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
33%
0%
0%
67%
0%
ކޮމެންޓް
ގުޅުންހުރި