ކ. މާލެ
|
24 ސެޕްޓެންބަރ 2023 | އާދީއްތަ 05:29
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓެއް
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓެއް
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު
ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާ ޤައުމުތަކުގައި ވޯޓުނެގުމަށް ހަމަޖެހިފައިވާ ވަގުތުތައް ހާމަކޮށްފި
ރީ-ރަޖިސްޓްރޭޝަނަށްފަހު ޖުމްލަ 12 ފޮށި އިތުރުވި

ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާ ޤައުމުތަކުގައި ވޯޓުނެގުމަށް ހަމަޖެހިފައިވާ ވަގުތުތައް ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްލަ 586 ވޯޓް ފޮށި ބަހައްޓާނެ ކަމަށެވެ. ރީ-ރަޖިސްޓްރޭޝަނަށްފަހު ޖުމްލަ 12 ފޮށި އިތުރުވިއެވެ. ފުރަތަމަ ބުރުގައި ޖުމްލަ ބެހެއްޓީ 574 ވޯޓް ފޮއްޓެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ދެވަނަ ބުރުގައި އިތުރުވީ މާލޭގައި 4 ވޯޓް ފޮށި، ހުޅުމާލެ ފޭސް އެކެއްގައި 2 ފޮށި، ހުޅުމާލެ ފޭސް ދޭއްގައި 4 ފޮށި، ވިލިމާލޭގައި 1 ފޮށި އަދި އިންޑިއާގެ ޓްރިވެންޑްރަމްގައި 1 ފޮށި ކަމަށެވެ.

ބޭރުގައި ބަހައްޓާ ވޯޓު ފޮށިތަކުގެ ވޯޓުލުން ފެށޭނެ ގަޑިތައް:

- އެކުވެރި ޢަރަބި ޢިމާރާތް (އަބޫ ދާބީ) - ވޯޓުލުން ފަށާނީ ހެނދުނު 8:00 ގައި އަދި ނިންމާނީ ހަވީރު 5:00 ގައި

- އިންޑިއާ (ޓްރިވެންޑްރަމް) - ވޯޓުލުން ފަށާނީ ހެނދުނު 8:30 ގައި އަދި ނިންމާނީ ހަވީރު 5:30 ގައި

- ސްރީލަންކާ (ކޮލަމްބޯ) - ވޯޓުލުން ފަށާނީ ހެނދުނު 8:30 ގައި އަދި ނިންމާނީ ހަވީރު 5:30 ގައި

- އިނގިރޭސިވިލާތް (ލަންޑަން) - ވޯޓުލުން ފަށާނީ ހެނދުނު 8:30 ގައި އަދި ނިންމާނީ ހަވީރު 5:30 ގައި

- މެލޭޝިއާ (ކުއަލަލަމްޕޫރް) - ވޯޓުލުން ފަށާނީ ހެނދުނު 11:00 ގައި އަދި ނިންމާނީ ރޭގަނޑު 8:00 ގައި

ބޭރުގައި ބަހައްޓާ ވޯޓު ފޮށިތަކުގެ ވޯޓުލާ ގަޑި ބަޔާންކޮށްފައިވަނީ އެ ޤައުމެއްގެ ގަޑިންނެވެ.

- ކޮމެންޓް