ކ. މާލެ
|
22 ސެޕްޓެންބަރ 2023 | ހުކުރު 16:51
އަސަދު ޗައިނާއަށް ވަޑައިގަތުމުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައި
ޗައިނާ އާއި ސޫރިއާގެ ގުޅުން
ޝީ އާއި އަސަދު ޗައިނާގައި ބައްދަލު ކުރައްވައިފި
އަސަދު އާއި ޝީގެ ބައްދަލު ކުރެއްވުމަށްފަހު ދެ ގައުމުގެ މެދުގައި އެކުލަވާލައިލި ސްޓްރެޓެޖިކް ޕްލޭން އިއުލާން ކުރެއްވުމަށް ވަނީ ހަމަޖެހިފައި

ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ސޫރިއާގެ ރައީސް ބައްޝާރުލް އަސަދު ހުކުރު ދުވަހު ޗައިނާގައި ބައްދަލު ކުރައްވައިފިއެވެ.

މިބައްދަލު ކުރެއްވުމަށްފަހު ދެ ގައުމުގެ ދެމެދުގައި އެކުލަވާލާ އާ "ސްޓްރެޓެޖިކް ޕާޓްނަރޝިޕެއް" ހާމަކުރައްވާނެ ކަމަށް ބައިނަލް އަގުވާމީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އަސަދު ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ ގާތްގަނޑަކަށް ފާއިތުވީ ދެ އަހަރު ތެރޭގައި ޗައިނާއަށް އޭނާ ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި ހޮނިހިރު ދުވަހު ޗައިނާގެ ހަންގްޒޫގައި ބާއްވާ 19 ވަނަ އޭޝިއަން ގޭމްސް ފެށުމުގެ ރަސްމިއްޔާތުގައި އަސަދު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ޝީ އާއި އަސަދު ބައްދަލުކުރެއްވީ ހުކުރު ދުވަހުގެ މެންދުރު ފަހު ޗައިނާގެ އިރުމަތީ ސިޓީގައި ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނެއެވެ.

ޝީއާއި އަސަދު ގެ ބައްދަލު ކުރެއްވުމަކީ ފާއިތުވެދިޔަ ދެ އަހަރުތެރޭގައި ބައްވާ ރަސްމީ ފުރަތަމަ ބައްދަލުން - ރޮއިޓާސް

ޗައިނާގެ ދައުލަތުގެ ބްރޯޑްކާސްޓަރު ސީސީޓީވީން ނެރުނު ރީޑްއައުޓެއްގައި ވާގޮތުން ޗައިނާ-ސީރިއާ ސްޓްރެޓެޖިކް ޕާޓްނާޝިޕް އުފައްދަން ދެ ލީޑަރުން މަޝްވަރާ ކުރައްވާފައިވާއިރު، މިއީ ދެ ގައުމުގެ ގުޅުމުގެ ތާރީހުގައި ވެސް ވަރަށް މުހިންމު ކާމިޔާބީއަކަށް ވެގެންދާނެއެވެ. ޗައިނާގެ ދައުލަތުގެ ބްރޯޑްކާސްޓަރު ސީސީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޝީ ވިދާޅުވި އެވެ.

ހަމަނުޖެހުންތަކާއި ނުތަނަވަސްކަމުން ފުރިފައިވާ ބައިނަލްއަގްވާމީ ހާލަތަކާ ކުރިމަތިލާން ޖެހިފައިވާ ޗައިނާ އިން އޮތީ ސީރިއާއާ ގުޅިގެން މަސައްކަތްކޮށް، އެއްގައުމު އަނެއްގައުމަށް ހަރުދަނާ ގޮތެއްގައި އެއްބާރުލުން ދީ، އެކުވެރި ކަމާއި އެއްބާރުލުން އިތުރުކޮށް، ބައިނަލްއަގުވާމީ އިންސާފުވެރިކަމާއި އަދުލުއިންސާފު އެކުގައި ދިފާއުކުރުމަށް ތައްޔާރަށް.
ޗައިނާގެ ރައީސް ޝީ ޖިންޕިން

އަދި ޒަމާނުއްސުރެ ދެ ގައުމުގެ އެކުވެރިކަން އިތުރަށް ބަދަހިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސީސީޓީވީ ވީޑިއޯ ކްލިޕުން ފެންނަ ގޮތުގައި ދެލީޑަރުން ބައްދަލު ކުރެއްވި އިރު، ކޮންމެ ގައުމެއްގެ ދިދައެއް މީޓިން ރޫމްގައި ޗައިނާގެ ކުރެހުމެއްގެ ކުރިމަތީގައި ބަހައްޓާފައި ވެއެވެ.  އެ ދެ ބޭފުޅުންގެ ފަހަތްޕުޅުގައި ނުވަ އެހީތެރިން ތިއްބެވީ ބޮޑު އާސާރީ ލަކުޑި މޭޒެއް ކައިރީގަ އެވެ.

- ކޮމެންޓް