ކ. މާލެ
|
21 ސެޕްޓެންބަރ 2023 | ބުރާސްފަތި 23:36
ހުވަދޫ ޖަގަހައިގައި ބޭއްވެވި ކެމްޕޭން ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ
ހުވަދޫ ޖަގަހައިގައި ބޭއްވެވި ކެމްޕޭން ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީ
ކޮވިޑުގައި ދިން ވިޔަފާރި އެހީގެ ލޯނު
ކޮވިޑުގައި ދިން ވިޔަފާރި އެހީގެ ލޯނުތަކުގެ އިންޓްރަސްޓް ކަނޑާލާ، ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށްފި
 
މިހާތަނަށް އިންޓްރަސްޓް ދައްކާފައިވާ މީހުންނަށް އެ ފައިސާ އަނބުރާ ދެއްވާނެކަމަށް ވިދާޅުވި

ކޮވިޑުގައި އެސްއެމްއީ ޑިވެލޮޕަމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ދިން ވިޔަފާރީގެ އެހީގެ ލޯނުތަކުގެ އިންޓްރަސްޓް ކަނޑާލާ، ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިތުރުކޮށްދެއްވައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހުވަދޫ ޖަގަހައިގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޑޯޓުޑޯއަށް ހިނގެވިއިރު ބައެއް ފަރާތްތަކުން ދެންނެވި އެއްކަމަކީ ކޮވިޑުގައި ދޫކުރި ވިޔަފާރީގެ އެހީގެ ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރު ކުރުމާއި އޭގެން ނަގާ އިންޓްރަސްޓް ކަނޑާލުމަށް ކަމަށެވެ.

ކޮވިޑާއި ގުޅިގެން ވަރަށް ގިނަ ދަތިތައް އާންމު ރައްޔިތުންނަށް ކުރިމަތިވި އެކަމުން އަރައިގަތުމަށްޓަކައި އެސްޑީއެފް މެދުވެރިކޮށް ބައެއް ލޯނު ދޫކޮށްފައިވާނެ، ޑޯޓުޑޯއަށް ހިނގިއިރު ބައެއް ފަރާތްތަކުން އެދުނު އެއްކަމެއް އެއީ މިހާރު ދައްކަން ޖެހޭ މުއްދަތު އިތުރު ކުރުމާއި އޭގެން ނަގާ އިންޓްރަސްޓް ކަނޑާލުމަށް، އަޅުގަނޑު މިއަދު ވަނީ އެކަމަށް ގޮތެއް ނިންމާފައި. އެސްޑީއެފުން ނަގާފައި ހުރި ލޯނުގެ އިންޓްރަސްޓް ދެން ދައްކާކަށް ނުޖެހޭނެ އަދި މިހާތަނަށް އިންޓްރަސްޓް ދައްކާފައި ހުރި މީހުންނަށް އެ ފައިސާ ދޭނަން އަދި ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރު 10 އަހަރަށް ދަންމާލާނަން
ރައީސް އިބްރާހީމް މުހައްމަދު ސާލިހު

ރައީސް މިފަދައިން ވިދާޅުވެފައިވާއިރު އެސްޑީއެފްސީން ލޯނުތައް ދޫކުރަނީ ހަތަރު ޕަސެންޓާއި ނުވަ ޕަސެންޓާ ދެމެދު އިންޓަރެސްޓް ރޭޓެއްގައި، ގިނަވެގެން 10 އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ. ލޯނު ދޫކުރާ އިންޓަރެސްޓް ރޭޓާއި މުއްދަތު ކަނޑައަޅަނީ ލޯނު ދޫކުރާ ވިޔަފާރީގެ ރިސްކު އަދި ފީޒިބިލިޓީ އަށް ބެލުމަށް ފަހު އެވެ.

އެސްޑީއެފްސީ އަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފު ކޮށްފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން ކަސްޓަމަރުންނަށް ހާއްސަ ޕޯޓަލެއް ތައާރަފު ކުރީ 8 ނޮވެމްބަރު 2020 ގައެވެ. އެ ދުވަހުން ފެށިގެން މިއަހަރުގެ މާޗު މަހުގެ ނިޔަލަށް 1387 ލޯނު އެޕްރޫވްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އެއީ 1.67 ބިލިއަން ރުފިޔާގެ ލޯނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި
ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް