އެމެރިކާގެ ގާނޫނު ހަދާމަޖިލީހުގެ ތިރިގޭގެ މެމްބަރު ޖޯން މެކެއިންއަށް ކެންސަރުގެ އާލާސް ކަންފުޅާ ކުރިމަތިވެ ވަޑައިގެންފައިވާކަމާއި ފަރުވާގެ ފުރުސަތުތައް ބަލަމުން އަންނަކަމަށް އެ މަނިކުފާނުގެ އޮފީހުން ބުނެފިއެވެ.
ޓިއުމަރ ފެނިފައިވަނީ ވާތު ލޮލުގެ މަތިން ގަނޑުވެފައިވާ ލޭކޮޅެއް އިނުމުން އެ ލޭކޮޅު ނެގުމަށް ކުރި އޮޕަރޭޝަނުގައި ކަމަށް ބަޔާނުގައިވެއެވެ.
ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ، އުމުރުފުޅުން 80 އަހަރު ފުޅުގެ މެކެއިން ފަރުވާ ހޯއްދަވަމުން ގެންދަވަނީ އެރިޒޯނާގައި ހުންނަ އެމަނިކުފާނުގެ ގޭގައެވެ.އެމަނިކުފާނަށް ދެމުންދާ ފަރުވާގެ ތެރޭގައި ކީމޯ ތެރަޕީ އަދި ރޭޑިއޭޝަން" ހިމެނެއެވެ.
ވިއެޓްނާމްގެ އަސްކަރިއްޔާގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ މެކެއިންވަނީ ހަނގުރާމައިގެ އަސީރެއްގެ ގޮތުގައި ފަސްއަރަށްވުރެ ގިނަ ދުވަހު ޖަލުގައި ހޭދަ ކުރައްވާފައެވެ.
ސެނޭޓަރެއްގެ ގޮތުގައި ހަ ދައުރު ހަމަކުރައްވާފައިވާ އަދި 2008 ވަނަ އަހަރު ރިޔާސި އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ރިޔާސީ އިންތިޚާބަށް ނުކުންނެވި މެކެއިންގެ އޮަޕަރޭޝަން ކުރައްވާފައިވަނީ ފީނިކްސްގެ ކްލިނިކެއްގައި މިދިޔަ ހުކުުރުދުވަހުއެވެ.
އޮޕަރޭޝަނަށްފަހު މިހާރު އޮޕަރޭޝަން ކުރި މައްސަލަ ރަނގަޅުވަމުން އަންނަ އިރު އާއްމު ސިއްހީ ހާލަތުވެސް ރަނގަޅުކަމަށް ޑޮކްޓަރުންނާ ހަވާލާދީ ބަޔާނުގައި ބުނެފައިވެއެވެ.
Wish @SenJohnMcCain -- a giant of US politics and fierce defender of freedom and human rights -- a speedy recovery. pic.twitter.com/RXuin3JEcM
— Mohamed Nasheed (@MohamedNasheed) July 20, 2017
ޖޯން މެކެއިން އަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޓްވީޓް ކުރައްވައިފަ އެވެ.