ކ. މާލެ
|
20 ސެޕްޓެންބަރ 2023 | ބުދަ 12:30
ބީއެމްއެލް
ބީއެމްއެލް
ބެންކް އޮފް މޯލްޑިވްސް
ބީއެމްއެލް
ބީއެމްއެލް މެދުވެރިކޮށް ރާއްޖޭން ބޭރަށް ފައިސާ ފޮނުވައިގެން 3 ނަސީބުވެރިންނަށް ފައިސާގެ އިނާމު
 
މި ޕްރޮމޯޝަން ކުރިއަށް ދާނީ 18 ޑިސެންބަރުގެ ނިޔަލަށް

ބީއެމްއެލް އިންޓަނޭޝަނަލް މަނީ ޓްރާންސްފަރ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އަންގާރަ ދުވަހު ފެށި މި ޕްރޮމޯޝަން ނިމުމުން ބޮޑު އިނާމުގެ ގޮތުގައި ގުރުއަތުން ހޮވޭ 3 ފަރާތަކަށް 15،000 ރުފިޔާގެ ގިފްޓް ކާޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ބީއެމްއެލް އިން ބުނެފައިވާ ގޮތުގައި ބޮޑު އިނާމުގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކު 9 ނަސީބުވެރިން ގުރުއަތުން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، 500 ޑޮލަރުން ދަށުން ޓްރާންސެކްޝަންތައް ހައްދާ ފަރާތްތަކުގެ ތެރެއިން ތިން ނަސީބުވެރިއަކަށް 750 ރުފިޔާގެ ގިފްޓް ކާޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި 501 ޑޮލަރާއި 1000 ޑޮލަރާ ދެމެދުގެ ޓްރާންސެކްޝަންތައް ހައްދާ ފަރާތްތަކުގެ ތެރެއިން ހޮވޭ ތިން ފަރާތަކަށް 2000 ރުފިޔާގެ ގިފްޓް ކާޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން 1000 ޑޮލަރުން މަތީ ޓްރާންސެކްޝަންތައް ހައްދާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 3 ފަރާތަކަށް 3500 ރުފިޔާގެ ގިފްޓް ކާޑު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ 18 ޑިސެންބަރުގެ ނިޔަލަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް