ކ. މާލެ
|
19 ސެޕްޓެންބަރ 2023 | އަންގާރަ 21:33
އުރީދޫ
އުރީދޫ
އުރީދޫ
އުރީދޫ ނޭޝަން
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިންގ ފެސްޓިވަލް އަންނަ މަހު
 
މި ފެސްޓިވަލް ކުރިއަށްދާނީ އަންނަ އޮކްޓޯބަރު މަހުގެ 19، 20 އަދި 21ގައި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިންގ ފެސްޓިވަލް "އުރީދޫ ނޭޝަން ގޭމަރސް ލޭންޑް" އަންނަ މަހު ބާއްވަން ނިންމައި، އެކަން އިއުލާންކޮށްފިއެވެ.

އުރީދޫ މޯލްޑިވްސް އިން އިއުލާންކޮށްފައިވާ ގޮތުގައި މި ފެސްޓިވަލް ކުރިއަށްދާނީ އަންނަ އޮކްޓޯބަރު މަހުގެ 19، 20 އަދ 21ގައެވެ. އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓްގައި ހުރިހާ ވައްތަރެއްގެ ގޭމް ކުޅޭ ފަރާތްތަކަށް ވެސް އެކަށީގެންވާ ހަރަކާތްތައް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ ތެރޭގައި އުރީދޫ ނޭޝަން ޕަބްޖީ މޯބައިލް، ފައިނަލް މެޗުތަކުގެ އިތުރުން ރޭސިންގ ސިމް، ފީފާ، ކޮސްޕްލޭ އަދި ޓެކަން ޓޯނަމެންޓް ހިމެނެއެވެ.

ޖުމްލަ 185،000 ރުފިޔާގެ ފައިސާގެ އިނާމާއެކު "އުރީދޫ ނޭޝަން، ގޭމާސް ލޭންޑް" ވެގެންދާނީ ރާއްޖޭގައި ގޭމް ކުޅޭ ފަރާތްތަކުގެ އެންމެ ބޮޑު އެއްވުމައް ކަމަށް އުރީދޫއިން ބުނެފައި ވެއެވެ.

އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ގްރޭންޑް ފިނާލޭ (އެއްލައްކަ ރުފިޔާގެ ޕްރައިޒް ޕޫލް)

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތް ކަމަށްވާ އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުތައް މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ އުރީދޫ ނޭޝަން – ގޭމާސް ލޭންޑް ގޭމިން ފެސްޓިވަލްގައެވެ. 2022 ވަނަ އަހަރު ބޭއްވި ރޯޑް ޓު 100ކޭ ކޮލިފައިން މުބާރާތްތައް ކަމަށްވާ ކޮންޓެންޑަރ ސީރީޒް 1، 2 އަދި 3 ގެ އިތުރުން ވައިލްޑް ކާޑް އެންޓްރީ ސީރީޒް ކާމިޔާބުކުރި ޖުމްލަ 16 ޓީމެއް ފައިނަލްގައި އެއްލައްކަ ރުފިޔާގެ ބޮޑު ޕްރައިޒް ޕޫލަށް އަށް ވާދަކުރާނެއެވެ.

އުރީދޫ ނޭޝަން ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގެ ގްރޭންޑް ފައިނަލްގެ އިތުރުން މި ފެސްޓިވަލްގައި ތަފާތު މުބާރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާނެއެވެ. ރަޖިސްޓްރީ ކުރުމުގު ތަފްސީލް އުރީދޫ ނޭޝަން ވެބްސައިޓާއި، އުރީދޫ ނޭޝަން ގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖުތަކުގައި ހިއްސާ ކުރާނެ ކަމަށް އުރީދޫއިން ބުނެއެވެ. މި މުބާރާތްތަކުގެ ތެރޭގައި ހިމެނެނީ:

  • 40،000 ރުފިޔާގެ ޕްރައިޒް ޕޫލަކާ އެކު އީއޭއެފްސީ (ފީފާ)
  • 25،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ރޭސިން ސިމް ޗެލެންޖް
  • 10،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ޓެކެން މުބާރާތް
  • 10،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ކޮސްޕްލޭ މުބާރާތް

ގޭމަރސް ލޭންޑަކީ ހަމައެކަނި މުބާރާތްތަކަށްވުރެ ބޮޑު ފެސްޓިވަލެއްކަން ފާހަގަކޮށް އުރީދޫއިން ބުނީ މި ފެސްޓިވަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކްލޯ މެޝިނާއި، އެންމެ ފަހުގެ ވީޑިއޯ ގޭމްތައް ތަޖުރިބާކުރުމުގެ އިތުރުން ޖަސްޓް ޑާންސްއަށް ރައްޓެހިންނާއެކު ނަށާލުމާއި، ތްރޯ ދަ ހޫޕް ފަދަ ފަދަ ތަފާތު ހަރަކާތްތަކުގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި ކިޑްސް އެރީނާގައި ޒުވާން، ގޭމް ކުޅޭ ކުދިންނަށްވެސް މަޖާ ގޭމްތަކާއި ޔޫވީ ފޭސް ޕެއިންޓިން ފަދަ ހަރަކާތައް ކުރިއަށްދާނެއެވެ. އަދި ފޮޓޯ ނެގުމަށް ފޮޓޯ ބޫތުތައް ވެސް ބަހައްޓާފައި ހުންނާނެއެވެ.

މި ގޭމިންގް ފެސްޓިވަލް ގައި ބައިވެރިވުމަށް އުރީދޫ ނޭޝަން އިން ހުރިހާ ގޭމަރުންނަށާއި ގޭމު ކުޅުމަށް ޝައުގުވެރިކަން ހުންނަ ހުރިހާ ފަރާތްތަކަށް ދައުވަތު އަރުވައެވެ. އުރީދޫ ނޭޝަން - ގޭމާރސް ލޭންޑް އާއި ބެހޭ އިތުރު މައުލޫމާތް އުރީދޫ ނޭޝަން ވެބްސައިޓް އަދި ސޯޝަލް މީޑިއާގައި ހިއްސާކުރާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް