ކ. މާލެ
|
17 ސެޕްޓެންބަރ 2023 | އާދީއްތަ 16:34
ޗައިނާގެ ރައީސް ޝީ ޖިންޕިން
ޗައިނާގެ ރައީސް ޝީ ޖިންޕިން
ރޮއިޓާސް
ޗައިނާ
ޗައިނާގެ ދިފާއީ ވަޒީރު ގެއްލުނު ހާދިސާއާ ގުޅިގެން ރައީސް ޝީގެ ވެރިކަމާމެދު ނުތަނަވަސްކަން އުފެދިއްޖެ
ޗައިނާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު

ޗައިނާގެ ދިފާއީ ވަޒީރު ގެއްލުނު ހާދިސާއާ ގުޅިގެން ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ވެރިކަމާމެދު ނުތަނަވަސްކަން އުފެދިއްޖެއެވެ.

ޑިޕްލޮމެޓުންނާއި އެނަލިސްޓުން ވިދާޅުވާގޮތުގައި، ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދުގެ ލީޑަޝިޕަށް އެހެން ގައުމުތަކުން ކުރާ އިތުބާރު މިމައްސަލައާ ގުޅިގެން ގެއްލޭނެއެވެ.

ޑިފެންސް މިނިސްޓަރު ލީ ޝަންގްފޫ އެންމެ ފަހުން މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު ފެނުނު ފަހުން ބޭރުގެ އެއްވެސް ބޭފުޅަކާއެކު ފެނިފައިނުވާއިރު، އޭނާއަކީ އަސްކަރީ ޕްރޮކިއުމަންޓުގެ ކޮރަޕްޝަންގެ ތަހުގީގެއް ހިންގަމުން އަންނަ ބޭފުޅެއްކަމަށް ރޮއިޓާސްއިން ވަނީ ރިޕޯޓްކޮށްފައެވެ.

ޗައިނާގެ ނިއުކްލިއާ ހަތިޔާރު ބަލަހައްޓަމުން އަންނަ އަސްކަރިއްޔާގެ އެލީޓް ރޮކެޓް ފޯސް ކުއްލިއަކަށް ހަލަބޮލިވި ފަދައިން، އަލަށް އައްޔަންކުރި ޚާރިޖީ ވަޒީރު ކިން ގޭންގް ގެއްލުނު ހާދިސާއާ ގުޅިގެން އާއްމުންނަށް އެނގެނީ ވަރަށް ކުޑަ މިންވަރެކެވެ.

ޗައިނާގެ ކޮމާންޑަރ އިން ޗީފް، ޝީގެ ފޯކަސް އެތެރެއަށް އަމާޒުކުރައްވާފައި ވާއިރު، މިމަހުގެ ތެރޭގައި އިންޑިއާގައި ބޭއްވި ގްރޫޕް އޮފް 20ގެ ސަމިޓަށް ވަޑައިނުގަތުމުންވެސް ބޭރުގެ ޑިޕްލޮމެޓުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.

އިތުރުވަމުންދާ ނުތަނަވަސްކަމާއެކު، ބައެއް ޑިޕްލޮމެޓުންނާއި އެނަލިސްޓުން ދަނީ ޝީގެ ވެރިކަމުގެ ހަގީގީ ސިފަ ހަރުކަށިކޮށް ބެލުމަށް ގޮވާލަމުންނެވެ.

ސާފު ލޮލަކުން މި މައްސަލަތައް ބަލަން ބޭނުންވޭ. މީ، ހަމައެކަނި ޗައިނާއަކީ ބައިވެރިއެއްތޯ ނުވަތަ ވާދަވެރިއެއްތޯ އުފެދޭ ސުވާލެއް ނޫން، މިހާރު އެއީ އިގްތިސާދީ، ސިޔާސީ އަދި އަސްކަރީ ނުރައްކަލެއް އޮތް ގައުމެއް.
ސިންގަޕޫރުގެ ނޭޝަނަލް ޔުނިވާސިޓީގެ އިލްމުވެރިއެއްގެ ގޮތުގައި ހުންނެވި، ޕެންޓަގަންގެ ކުރީގެ އޮފިޝަލެއް ކަމަށްވާ ޑްރޫ ތޮމްޕްސަން

ޗައިނާ ސަރުކާރުގެ މި ބަދަލުތަކާ ގުޅިގެން، ދެފުށް ފެންނަ ނިޒާމެއް ނެތުމުގެ ސަބަބުން ތަފާތު ގޮތްތަކަށް ތުހުމަތު ކުރުމުގެ ފުރުސަތު އޮތްކަމަށާއި، މިއީ ޗައިނާއާމެދު އުފެދިފައިވާ އިތުބާރުގެ މައްސަލައަށް ކުރިމަތިވެދާނެ ބޮޑު ގޮންޖެހުމެއް ކަމަށް ތޮމްޕްސަން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޗައިނާގެ ފޮރިން މިނިސްޓްރީން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

- ކޮމެންޓް