ކ. މާލެ
|
17 ސެޕްޓެންބަރ 2023 | އާދީއްތަ 07:20
ރިސޯޓު މުވައްޒަފުންތަކެއް
ރިސޯޓު މުވައްޒަފުންތަކެއް
ޕީޕީއެމް ސަރުކާރުގައި ޓޫރިޒަމް ސިނާއަތް
ޕީޕީއެމް ސަރުކާރުގައި މިނިމަމް ވޭޖު ކަނޑައަޅަން ޕެޓިޝަން ހުށަހެޅުމުން ބުނީ މެޑަމް ފާތުންއާ ބައްދަލުކުރަން: މައުރޫފް
 
މިނިމަމް ވޭޖު ކޮންމެ ދެ އަހަރަކުން އެއް ފަހަރު މުރާޖާކުރާއިރު ކުރިޔަށް އޮތްތަނުގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މިނިމަމްވޭޖު އިތުރުވެގެންދާނެ
 
ޕީޕީއެމްގެ ވެރިކަމުގައި އައިއެލްއޯގައި ދިން ބަޔާނަކާއި ގުޅިގެން އެ ޖަމިއްޔާ އުވާލި

މިނިމަމް ވޭޖު ކަނޑައެޅުމަށް 2016 ވަނަ އަހަރު ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ ފަރާތުން ޕެޓިޝަނެއް ތައްޔާރުކޮށް އޭރު ވެރިކަން ކުރަމުން އައި ޕީޕީއެމް ސަރުކާރަށް ހުށަހެޅުމުން ރައީސް އޮފީހުން ދިން ޖަވާބަކީ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް (މެޑަމް ފާތުން) އާ ބައްދަލުކުރަން ކަމަށް އެޖަމިއްޔާގެ ސެކެޓްރީ ޖެނެރަލް މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަަސުރުޚީ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މައުރޫފް ވިދާޅުވީ އޭރުގެ ސަރުކާރުން ދިން ޖަވާބަކީ އެކަމުގައި އެއްވެސް ދައުރެއް ނެތް ފަރާތަކާ ބައްދަލުކުރުންކަމަށެވެ. މައުރޫފް ވިދާޅުވީ އެއްވެސް އިރެއްގައި ޕީޕީއެމްގެ ސަރުކާރެއްގައި މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރެވޭ ތަނެއް ނުފެންނަކަމަށެވެ.

ހިނގަމުންދާ އެމްޑީޕީގެ ސަރުކާރާއި ޕީޕީއެމް އިން ވެރިކަންކުރި 5 އަހަރާއި ޕީޕީއެމްގެ ބާރު އޮވެގެން ވެރިކަންކުރި 2 އަހަރާއެކު ޖުމްލަ 7 އަހަރު ދުވަހާ އަޅާކިޔާއިރު އެ 7 އަހަރުތެރޭގައި ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްތަކެއްކޮށްފައިނުވާކަމަށާއި އެ ހައްގުތައް ހޯދުމަށް ވަކާލާތުކުރުމުން އެކަމާ ދެކޮޅު ހެދިކަމަށް މައުރޫފް ވިދާޅުވިއެވެ.

އެގޮތުން ޕީޕީއެމްގެ ވެރިކަމުގައި އައިއެލްއޯގައި ދިން ބަޔާނަކާއި ގުޅިގެން އެ ޖަމިއްޔާ އުވާލިކަމަށް މައުރޫފް ވިދާޅުވިއެވެ.

އަޅުގަނޑުމެން އިންޓަރނޭޝަނަލް ކޮންފަރެންސްގައި ދިން ސްޕީޗަކާއި ގުޅިގެން އަޅުގަނޑުމެންގެ ޖަމިއްޔާ އުވާލި. އެއީ މަސައްކަތްތެރިންގެ ހައްގުތައް ހަނިވާކަމަށް ބުނެ ޖެނީވާގައި އައިއެލްއޯގައި ދިން ސްޕީޗަކާއި ގުޅިގެން އަޅުގަނޑުމެންގެ ޖަމިއްޔާ އުވަލީ. 2013 ވަނަ އަހަރު ލިޔެވުނު ގަނޫނެއް އިންޑަސްޓްރިއަލް ރިލޭޝަން ގާނޫނަކީ. އެގާނޫނު ޕީޕީއެމް ސަރުކަރު ނިމެންދެން އޮތީ އޭރުގެ އިކޮނޮމިކް މިނިސްޓްރީގެ ކަބަޑެއްގެ ތެރޭގައި. އެއްވެސް ވަރަކަށް ރަނގަޅު ސިޔާސަތެއް އެކުލަވާލެވިފައިނެތް. އެކުލަވާލެވުނު ބައެއް ސިޔާސަތުތަކުގައިވެސް އެއްވެސް ވަރަކަށް މަސައްކަތްތެރިންނާ މަޝްވަރާކުރުމެއް ނެތް
ޓީމުގެ ސެކެޓްރީ ޖެނެރަލް މައުރޫފް ޒާކިރު

މައުރޫފް ވިދާޅުވީ މިސަރުކާރުން މިހާރު އެ ބިލަށް ޓީމުން ގެންނަން ބޭނުންވި ބަދަލުތައް ހިމަނާ މަޖިލީހަށް ހުށަހަޅާފައިވާކަމަށެވެ.

މައުރޫފް ވިދާޅުވީ އެމްޑީޕީގެ އެންމެ ފުރަތަމަ ސަރުކާރުގެ ތެރޭގައި މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް އައިއެލްއޯގައި ބައިވެރިވެ ވަޒީފާ އާ ބެހޭ ޓްރައިބިޔުނަލް އުފައްދާ ލޭބަރ ރިލޭޝަންސް އޮތޯރިޓީ އުފައްދާ މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދިނުމުގެ ކަންކަންކޮށްފައިވާކަމަށެވެ. މައުރޫފް ވިދާޅުވީ މިހާތަނަށްވެސް ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކޮށްފައިވަނީ އެމްޑީޕީގެ ސަރުކާރުން ކަމަށެވެ. އެގޮތުން މިނިމަމް ވޭޖު ކަނޑައެޅިފައިވާއިރު އެއީ ކޮންމެ ދެ އަހަރަކުން އެއް ފަހަރު މުރާޖާކުރާއިރު ކުރިޔަށް އޮތްތަނުގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މިނިމަމްވޭޖު އިތުރުވެގެންދާނެކަމަށް މައުރޫފް ވިދާޅުވިއެވެ.

މީގެއިތުރުން މިސަރުކާރުން ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު އެޗްއާރު މުވައްޒަފުންގެ ގޮތުގައި 100 އިންސައްތަ ދިވެހި މުވައްޒަފުން ތިބެންވާނެކަމަށް ކަނޑައަޅާފައިވާކަމަށާއި އެންމެ މަތީ ފަންތީގެ 50 އިންސައްތަ ދިވެހިންނަށް ކަނޑައެޅުމަށްވެސް ހިމަނާފައިވާކަމަށެވެ.

ގާނޫނަކުން މިކަންކަން ލާޒިމްކޮށްފައިވާއިރު ޕީޕީއެމް ސަރުކާރުގައި ރާއްޖޭގެ ރިސޯޓްތަކުގައި މުވައްޒަފުން ތިބޭ މިންވަރު ކަނޑައަޅާނީ ޓޫރިޒަމް މިނިސްޓްރީން ނެރޭ ސަރކިޔުލާއަކުންކަމަށް މައުރޫފް ވިދާޅުވިއެވެ.

އޭގައި އޮންނާނީ 50 އިންސައްތަ ދިވެހިން، 45 އިންސައްތަ ބިދޭސީން. ނަމަވެސް އަދީބު ޓޫރިޒަމް މިނިސްޓަރުކަމުގައި ހުރިއިރު އެކަން ވަނީ ބަދަލުކޮށްފައި 55 އިންސައްތަ ބިދޭސީން ބޭތިއްބޭނެކަމަށް 45 އިންސައްތަ ދިވެހިން. އޭގެ ނަތީޖާގެ ގޮތުން ރިސޯޓްތަކަށް ބޭރު މީހުން އިތުރުވެގެންދިޔައީ.
ޓީމުގެ ސެކެޓްރީ ޖެނެރަލް މައުރޫފް ޒާކިރު

މައުރޫފް ވިދާޅުވީ މިދާއިރާއަށް މީހުން ތަމްރީން ކުރުމަށް މިސަރުކާރުން ކުރިޔަށް އޮތް ފަސް އަހަރަށް ސިޔާސަތުތަކެއް އެކުލަވާލާފައިވާކަމަށެވެ. އެގޮތުން ހޮސްޕިޓާލިޓީއާ ގުޅުންހުރި ކެމްޕަސް އެއް އުފައްދާ ރިސޯޓްތަކުގެ މަތީ މަގާމުތަކުގެ މީހުންނަށް އަމާޒުކޮށް 500 ސްކޮލަރޝިޕް ފުރުސަތު ހުޅުވާލާނެކަމަށް އެމްޑީޕީގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާކަމަށް މައުރޫފް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީން ނުރުހުން ފާޅުކުރުމުން، އެންޓި ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި
ޕީއެންސީގެ ކެމްޕޭން: ވަޒީފާގެ ބިރު، ކަރަންޓު ކަނޑާލާނެކަމުގެ ބިރު، ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރު
ކެމްޕެއިނުގައި މިފަހަރު ގޮވާލީ ސަރުކާރު ޕާޓީ މީހުންނަށް އެކަނި ކަރަންޓުދޭން، ޕާޓީން މިފަހަރުވެސް ބުނީ އެއީ ފަރުދީ ވިސްނުމެއް ކަމަށް
ވަޒީފާގެ ބިރު ދައްކައިގެންވެސް ސަރުކާރަށް ތާއީދު އިތުރުކުރަންޖެހޭކަމަށް ބުނި މައްސަލަ ހުށަހަޅަން އީސީން އެދިއްޖެ
ޕީއެންސީން ބޭއްވި ތަފާތު ޕެނަލް ޑިސްކަޝަން!
މަގުމަތީ ގޭނުނީ އިޚުލާސްތެރިން، ވަޒީފާ ލިބެނީ ހިޖުރަވެރިންނަށް!