ކ. މާލެ
|
16 ސެޕްޓެންބަރ 2023 | ހޮނިހިރު 13:51
ފްރާންސް ލީގުގައި ޕީއެސްޖީން ނީސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން
ފްރާންސް ލީގުގައި ޕީއެސްޖީން ނީސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ފްރާންސް ލީގު
އަމިއްލަ ދަނޑުގައި ނީސް އަތުން ބަލިވެ، ޕީއެސްޖީ ޕްރެޝަރަށް
 
ބައްޔާއެކު ޕީއެސްޖީ ވަނީ ލީގު ތާވަލްގެ ތިންވަނައަށް ވެއްޓިފައި

ފްރާންސް ލީގުގައި ނީސްއާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ބަލިވެއްޖެއެވެ.

ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު ބަލިވީ 3-2ންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީވެސް ނީސްއިންނެވެ. މެޗުގެ 21 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޓެރެމް މޮފީއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީން ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރިއެވެ. ޑިފެންޑަރު އަޝްރަފް ހަކީމީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕީއެސްޖީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ކީލިއަން އެމްބާޕޭއެވެ. ނަމަވެސް ދެވަަނަ ހާފުގައި ނީސްއިން ވަނީ އިތުރު ދެ ލަނޑު ޖަހައިގެން މެޗުގައި ލީޑު ނަގާފައެވެ. މޮފީ ތަނަވަަސްކޮށްދިން ފުރުސަތެއްގައި ނީސްއަށް ލީޑު ނަގައިދިނީ ގެޓާން ލަބޯޑްއެވެ. އޭގެ ފަހުން 68 ވަނަ މިނެޓުގައި މޮފީ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، ނީސްއަށް ދެ ލަނޑުގެ ލީޑެއް ހޯދައިދީފައެވެ. ޕީއެސްޖީގެ ދެވަނަ ލަނޑު އެމްބާޕޭ ޖެހީ ރަންޑަލް ކޯލޯ މުއާނީ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

ބައްޔާއެކު ޕީއެސްޖީ ވަނީ ލީގު ތާވަލްގެ ތިންވަނައަށް ވެއްޓިފައެވެ. ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ޕީއެސްޖީއަށް ލިބެނީ އަށް ޕޮއިންޓެވެ. ފަސް މެޗުގެ ތެރެއިން އެ ޓީމު މޮޅުވީ އެންމެ ދެ މެޗުންނެވެ. ދެ މެޗު އެއްވަރުވެފައި ވާއިރު، އެއް މެޗުން ވަނީ ބަލިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް