ކ. މާލެ
|
19 ޖުލައި 2017 | ބުދަ 20:52
26 ވަނަ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ތެރެއިން
26 ވަނަ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ތެރެއިން
ވީއޭއެމް
ވޮލީބޯލް އެސޯސިއޭޝަން ކަޕް
ފްރެންޑްސް ކްލަބް ފުނާޑުން ފައިނަލާ ގާތަށް
އެޓީމުން ފުރުސަތު ބޮޑުކުރީ ދެވަނަ ސެމީގައި ދަ ފޭދޫ ސްޕޯޓްސް ބަލިކޮށްގެން
ފްރެންޑްސް ކްލަބް ފުނާޑުން ދެން ޖެހޭނީ ސެމީގެ ތިންވަނަ މެޗުގައި ކުޅެން

މިހާރު ފުވައްމުލަށް ސިޓީގައި ކުރިއަށްދާ 26 ވަނަ ވީއޭއެމް ވޮލީބޯލް އެސޯސިއޭޝަން ކަޕް ވިމެންސް ޑިވިޝަނުގެ ފައިނަލާއި ގާތަށް ފްރެންޑްސް ކްލަބް ފުނާޑުން ޖެހިލައިފިއެވެ.

އެޓީމުން ފައިނަލާއި ގާތަށް ޖެހިލީ ސެމީގެ ދެވަނަ މެޗުގައި ދަ ފޭދޫ ސްޕޯޓްސްގެ މައްޗަށް ސީދާ ތިންސެޓުން ކުރިހޯދައިގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތަށް އެޓީމުން ގެންދިޔައީ 25-11، 25-22 އަދި 25-20 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފްރެންޑްސް ކްލަބް ފުނާޑުގެ އާއިޝަތް ޝައްފައެވެ.

މުބާރާތް ރޭވިފައި ވާގޮތުން ދެވަނަ ސެމީއިން މޮޅުވާ ޓިމަށް ޖެހޭނީ ސެމީގެ ފުރަތަމަ މެޗުން ބަލިވާ ޓީމަކާއި ދެކޮޅަށް ތިންވަނަ ސެމީގައި ކުޅޭށެވެ. އެހެންކަމުން ފްރެންޑްސް ކުލަބް ފުނާޑަށް ދެން ޖެހޭނީ ސެމީގެ ފުރަތަމަ މެޗުގައި ބުދަ ދުވަހުގެރޭ ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި ޕޮލިސް ކުލަބާއި މިސްކިތްމަގު އެންމެންގެ ގުޅުން ކުޅޭމެޗުން ބަލިވާ ޓީމަކާއި ދެކޮޅަށް ތިން ވަނަ ސެމީގައި ކުޅޭށެވެ. ސެމީގެ ފުރަތަމަ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުން ސީދާ ޖާގައެއް ލިބޭއިރު، ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ 3 ވަނަ ސެމީއިން މޮޅުވާ ޓީމަކަށެވެ.

ޖުމަލް 6 ޓީމު ވާދަކޮށްފައިވާ މި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނި އަންނަ ހޮނިހިރު ދުވަހުގެ ރޭގައެވެ.

- ކޮމެންޓް