ކ. މާލެ
|
16 ސެޕްޓެންބަރ 2023 | ހޮނިހިރު 09:00
ސިންގަޕޫރުގެ ހެކަރުންގެ ގުރޫޕަކުންވަނީ ގިނަބައެއްގެ ޒާތީ މައުލޫމާތު ވަގަށް ނަގާފައި
ސިންގަޕޫރުގެ ހެކަރުންގެ ގުރޫޕަކުންވަނީ ގިނަބައެއްގެ ޒާތީ މައުލޫމާތު ވަގަށް ނަގާފައި
ރޮއިޓާސް
ޒާތީ މައުލޫމާތު ވަގަށްނެގުން
ތޭވީސް ހާހަށްވުރެ ގިނަ މީހުންގެ ޒާތީ މައުލޫމާތު ވަގަށްނެގި ކުންފުންޏެއް، ނުވަހާސް ޑޮލަރުން ޖޫރިމަނާކޮށްފި
ލިޔުންތަކުގެ 96،880އަށްވުރެ ގިނަ ފޮޓޯ ވަނީ ވަގަށްނަގާފަައި

ސިންގަޕޫރު (ސެޕްޓެމްބަރު 16)

23،950 މީހުންގެ ޑޭޓާ ވަގަށްނެގި ސިންގަޕޫރުގެ މެންޕަވާ ސާވިސް ފާމެއް, 9،000 ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.

ސިންގަޕޫރުގެ ޑޭޓާ ޕްރައިވެސީ ވޮޗްޑޯގްގެ ވެބްސައިޓުން ޑައުންލޯޑްކުރި ލިޔުންތަކުގެ ތެރޭގައި އެކި މީހުންގެ ނެޝަނަލް ރެޖިސްޓްރޭޝަން އައިޑެންޓިޓީ ކާޑު (އެންއާރުއައިސީ)ގެ ފޮޓޯތައްވެސް ހިމެނެއެވެ.

ޕާސަނަލް ޑޭޓާ ޕްރޮޓެކްޝަން ކޮމިޝަން (ޕީޑީޕީސީ)ން، ސެޕްޓެމްބަރު 15 ވަނަ ދުވަހު ބުނީ މި ލިޔުންތަކުގެ 96،880އަށްވުރެ ގިނަ ފޮޓޯ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ތިން ދުވަހުގެ ތެރޭގައި އެ ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑްކޮށްފައި ވާކަމަށެވެ.

ސިންގަޕޫރުގެ އެކި ސިނާއަތްތަކަށް ޕާޓްޓައިމަރުން ސަޕްލައިކުރާ މި ފާމުން މިފަދަ ޒާތީ މައުލޫމާތުތަކެއް ވަގަށްނަގާފައިވަނީ އެކުންފުނި މެދުވެރިކޮށް ވަޒީފާ ހޯދާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ވަގު ޑޮކިޔުމެންޓްތައް އުފެއްދުމަށްކަމަށް ސިންގަޕޫރުގެ ޑޭޓާ ޕްރައިވެސީ ވޮޗްޑޯގުން ބުނެއެވެ.

މި މައްސަލަ ފަޅާއެރީ ސެންޗުރީ އެވަގްރިންގެ ވެބްސައިޓުން އައިޑެންޓިފިކޭޝަން ޑޮކިއުމަންޓްތަކުގެ ފޮޓޯތައް އާންމުކޮށް ލިބެން ހުރިކަން އެނގުމުން، ޑިސެމްބަރު 11، 2022ގައި ޕީޑީޕީސީއަށް މައްސަލަ ހުށަހެޅުމުންނެވެ.

ޕީޑީޕީސީގެ ތަހުގީގަށްފަހު އެ ކުންފުނިން އިއުތިރާފުވީ ވެބްސައިޓްގެ އެޑްރެސް އޮޅުވާލައިގެން ނަން ހާމަނުކުރާ ފަރާތަށް އަމިއްލަ ޑޭޓާއަށް ވަނުމުގެ ފުރުސަތު ދިން ވަލްނަރަބިލިޓީއަކީ 2015 ވަނަ އަހަރު ވެބްސައިޓް ތައާރަފުކުރި ހިސާބުން ފެށިގެން އޮތް ކަމެއް ކަމަށެވެ.

ވެބްސައިޓް ތަރައްގީކޮށް ބަލަހައްޓާ ވެންޑާއާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ޕާސަނަލް ޑޭޓާ ހިމާޔަތްކުރުމަށް އެއްވެސް ސެކިއުރިޓީ ރިކުއަމެންޓެއް ހިމަނާފައި ނުވާކަމަށް އެ ކުންފުނިން ވަނީ އިއުތިރާފުވެފައެވެ.

އަދި ވެބްސައިޓް ތައާރަފްކުރިއިރު ފަންކްޝަނަލިޓީ ޓެސްޓު ހެދުމުގެ އިތުރުން، ވެބްސައިޓް ލޯންޗުކުރުމުގެ ކުރިން ނުވަތަ ފަހުން ސެކިއުރިޓީ ޓެސްޓު ހެދުމުގެ އެއްވެސް އިންތިޒާމެއް އައިޓީ ވިއްކާ ފަރާތްތަކާއެކު ހަމަޖައްސާފައި ނުވާކަމަށްވެސް އެ ކުންފުނިން ވަނީ އިއުތިރާފުވެފައެވެ.

މިކަމާ ގުޅިގެން ޢާއްމުން ސަމާލުވުމަށް ސިންގަޕޫރުގެ ކަމާބެހޭ ފަރާތްތަކުން މިހާރުވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް