ކ. މާލެ
|
16 ސެޕްޓެންބަރ 2023 | ހޮނިހިރު 07:43
ދިއްގަރު ބިން ހިއްކައި ނިމިފައި
ދިއްގަރު ބިން ހިއްކައި ނިމިފައި
އެމްޓީސީސީ
ދިއްގަރު ބިން ހިއްކުން
ދިއްގަރު ބިން ހިއްކައި ނިންމާލައިފި
މުޅިގައުމުގެ ތަރައްގީ، ހުއްޓުނަނުދީ ކުރިޔަށްގެންދޭ
އެ ރަށަށް 25 ހެކްޓަރުގެ ބިން ވަނީ އިތުރުކޮށްފައި
މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސްފައިވޭ

މ. ދިއްގަރު ބިން ހިއްކުމުގެ މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ންނެވެ. އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވިގޮތުގައި، މި މަޝްރޫއުގެ ދަށުން ބާކީ ހިއްކަން އޮތް ބައިގެ މަސައްކަތް އެ ކުންފުނިން ފެށީ މިމަހުގެ 8 ވީ ހުކުރު ދުވަހުއެވެ. އަދި ބާރު ސްޕީޑްގައި މަސައްކަތް ކުރިއަށް ގެންގޮސް، މިމަހުގެ 15 ވީ ހުކުރު ދުވަހު މި މަސައްކަތް ނިންމާލާފައި ވާކަމަށް އާޒިމް ވިދާޅުވިއެވެ.

ފ. ފީއަލީ ބިންހިއްކުން ކުރިއަށްދާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، މުޅިގައުމުގެ ތަރައްގީ ހުއްޓުނަނުދީ ކުރިޔަށް ގެންދާކަމަށެވެ.

ދިއްގަރު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، އެ ރަށަށް 25 ހެކްޓަރުގެ ބިން ވަނީ އިތުރުކޮށްފައެވެ. ބިން ހިއްކުމަށްފަހު އެ ސަރަހައްދު ހިމާޔަތް ކުރުމަށް ރިވެޓްމަންޓް ޖެހުމާއި ބޭރުތޮށިލުމުގެ މަސައްކަތްވެސް އެމްޓީސީސީއާ ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ.

މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން 2020 ވަނަ އަހަރު ހަވާލުކުރިއިރު، މަސައްކަތް ފެށީ މިދިޔަ އަހަރުއެވެ. 

ދިއްގަރަކީ 9.9 ހެކްޓަރުގެ ބިމެއް އޮންނަ ރަށެކެވެ. މި އިތުރުކުރާ ބަޔާއެކު 34.9 ހެކްޓަރުގެ ރަށަކަށް އެ ރަށް ވެގެންދާނެއެވެ. މިއާއެކު ރަށަށް ދިމާވެފައިވާ ތަފާތު މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް އެ ރަށުގެ ރައްޔިތުން ބުނެއެވެ. އެގޮތުން ދިރިއުޅުމަށް ބޭނުންވާ ގޯތި ދޫކުރުމަށް ޖާގަ އިތުރުވެގެންދިއުމާއި އިގްތިސާދީ މަސައްކަތްތަކަށް ވެސް އިތުރު ފުރުސަތުތައް އެ ރަށުގައި ހުޅުވިގެންދާނެއެވެ.

- ކޮމެންޓް