ކ. މާލެ
|
13 ސެޕްޓެންބަރ 2023 | ބުދަ 11:33
ރައީސް މާމިގިލީ އެއަރޕޯޓަށް ވަޑައިގަތުމުން އެމަނިކުފާނަށް އެއަރޕޯޓުން މަރުހަބާ ދެންނެވީ ޤާސިމް
ރައީސް މާމިގިލީ އެއަރޕޯޓަށް ވަޑައިގަތުމުން އެމަނިކުފާނަށް އެއަރޕޯޓުން މަރުހަބާ ދެންނެވީ ޤާސިމް
ރާއްޖެއެމްވީ
ކޯލިޝަން މަޝްވަރާ
ކޯލިޝަން މަޝްވަރާއަށް ރައީސް، ގާސިމް އަރިހަށް
 
އިދިކޮޅުން ވެސް ގާސިމާއި ބައްދަލުކުރައްވާފައިވޭ
 
ގާސިމާއި ބައްދަލުކުރައްވަން ރައީސް ވަޑައިގަތީ ގުޅިފައިވާ ކޯލިޝަންގެ ލީޑަރުންނާއެކު
 
ޖޭޕީން ވަނީ ކޯލިޝަނާމެދު ގޮތެއް ނިންމުން ފަސްކޮށްފައި

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި ބައްދަލުކުރައްވަން ސަންއައިލެންޑަށް ވަޑައިގެންފިއެވެ.

ރައީސް، ޤާސިމާއި ބައްދަލުކުރައްވާނީ ސަން އައިލެންޑުގައެވެ. ރައީސް މާމިގިލީ އެއަރޕޯޓަށް ވަޑައިގަތުމުން އެމަނިކުފާނަށް އެއަރޕޯޓުން މަރުހަބާ ދެންނެވީ ޤާސިމެވެ.

ރައީސް ޞާލިހު ޤާސިމާއި ބައްދަލުކުރައްވަން ހަމަޖެހިފައިވާއިރު، އިއްޔެ އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވެސް ވަނީ ސަން އައިލެންޑުގައި ޤާސިމާއި ބައްދަލުކުރައްވާފައެވެ.

ދެވަނަ ބުރުގައި ކޯލިޝަން ހެދުމާއި ގުޅޭގޮތުން ޖުމްހޫރީ ޕާޓީން މިއަދު ގޮތެއް ނިންމުމަށް ކުރިން ކަނޑައަޅާފައިވެއެވެ. ނަމަވެސް މަޝްވަރާތައް ދިގުލައިގެންދާތީ ކޯލިޝަން ހެދުމާއި ގުޅޭ ނިންމުން ވަނީ ފަސްކޮށްފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީން ވާދަކުރީ ވަކިންނެވެ. އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމަށް އިންތިޚާބުގައި ލިބިވަޑައިގަތީ 5460 ވޯޓެވެ. އެއީ 2.4 އިންސައްތައެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ޞާލިހަށް ލިބިވަޑައިގަތީ 86,161 ވޯޓެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ގޮސްފައިވަނީ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ރައީސް ޞާލިހެވެ.

30 ސެޕްޓެމްބަރުގައި އިންތިޚާބުގެ ދެވަނަ ބުރު ބާއްވަން ނިންމާފައިވާއިރު، ދެ ޕާޓީން ވެސް ގެންދަނީ އެކި ޕާޓީތަކާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާކުރަމުންނެވެ.

ކޮމެންޓް
ގުޅުންހުރި