ކ. މާލެ
|
12 ސެޕްޓެންބަރ 2023 | އަންގާރަ 11:52
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރް
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރް
ރާއްޖެއެމްވީ
ދޮގު ޚަބަރު ފެތުރުން
ނޫސްތަކުން ތެދާއި ހަޤީޤަތް އޮޅުވާލާއިރު، ބެލެނިވެރި އިދާރާތަކުން ހޭލަންޖެހޭ: ނަޒީރު
 
މިއަދުގެ ސްޓޭންޑަކީ ނިމިދިޔަ ސަރުކާރުގައި ނޫސްވެރިންނަށް ކުރިމަތި ކުރުވި ދަތިތައް މި ސަރުކާރުން ނުކުރުން
 
ނަޒީރު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް ހަގީގަތާއި ތެދު އޮޅޭހިސާބަށް ކަންކަން ވަމުންދާ ކަމަށް
 
މޯލްޑިވްސް މީޑިއާ ކައުންސިލަށް މަތިކުރެވިފައިވަނީ ނުހަނު ބޮޑު ޒިންމާއެއް

ނޫސްތަކުން ތެދާއި ޙަޤީޤަތް އޮޅުވާލާއިރު، ބެލެނިވެރި އިދާރާތަކުން ހޭލަންޖެހޭކަމަށް ހޯމް މިިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

ނަޒީރު މިހެން ވިދާޅުވީ ދިޔަރެސް ނޫހުގައި "ސަރުކާރު ދިފާއުކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ސިފައިންގެ އިސްވެރިން ދެކޮޅު ހަދަނީ" މިސުރުޚީގެ ދަށުން ލިޔެފައިވާ ޚަބަރާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

ނަޒީރު ވިދާޅުވީ، މޯލްޑިވްސް މީޑިއާ ކައުންސިލަށް މަތިކުރެވިފައިވަނީ ނުހަނު ބޮޑު ޒިންމާއެއް ކަމަށާއި، ބައެއް މީޑިއާތަކުން ރާއްޖޭގައި ބޮޑެތި ފިތުނަ ފަސާދަ ފަތުރަމުންދާކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީ ހަލާކުވަމުންދާކަމަށް ނަޒީރު ވިދާޅުވިއެވެ.

ފިތުނަ ފަސާދަ އުފައްދަމުންގޮސް މިރާއްޖޭގެ ޑިމޮކްރަސީ މިއޮއް ހަލާކުވެގެން ދަނީ
ހޯމް މިިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު

ނަޒީރު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް ހަޤީޤަތާއި ތެދު އޮޅޭހިސާބަށް ކަންކަން ވަމުންދާ ކަމަށެވެ. އެ ޙާލަތުގައި މީޑިއާ ކައުންސިލުގެ މެންބަރުންވެސް އަމިއްލައަށް ނުކުމެވަޑައިގެން، ޒިންމާ އަދާކުރައްވަން ޖެހިވަޑައިގަންނަވާނެކަމަށް ނަޒީރު ވިދާޅުވިއެވެ.

އަދި ދޮގު ޚަބަރުތައް ފަތުރާ މީޑިއާތަކާމެދު ޤާނޫނީ ހަމަތަކުގެ މަތިން ފިޔަވަޅު އަޅަންޖެހޭކަމަށްވެސް ނަޒީރު ވިދާޅުވިއެވެ.

މިއަދުގެ ސްޓޭންޑަކީ ނިމިދިޔަ ސަރުކާރުގައި ނޫސްވެރިންނަށް ކުރިމަތި ކުރުވި ދަތިތައް މި ސަރުކާރުން ނުކުރުން ކަމަށްވެސް ނަޒީރު ވިދާޅުވިއެވެ. އެ މަސައްކަތުގެ ދަށުން ނޫސްވެރިންނަށް ބޮޑު މިނިވަންކަމެއް ފޯރުކޮށްދީފައިވާއިރު، ނޫސްވެރިންގެ އަހްލާޤީ މިންގަނޑާއި ޤާނޫނީ އުސޫލުތަކަށް ތަބާވޭތޯ ބެލެނިވެރި އިދާރާތަކުން ކަށަވަރު ކުރަންޖެހޭނެކަމަށް ނަޒީރު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި