Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2023 | ހޯމަ 07:19
މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަހްމަދު މަހްލޫފް
މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަހްމަދު މަހްލޫފް
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު 2023
މުއިއްޒަށް ލިބިވަޑައިގަތީ ލިބިވަޑައިގަންނަވާނެ އެންމެ ގިނަ ވޯޓު، ސަރުކާރު ބަދަލުކުރަން ބޭނުންވާ ރައްޔިތަކު ދެވަނަ ބުރުގައި ވޯޓުލާން މަޑުނުކުރާނެ - މަހްލޫފް
ކުރީގެ އިންތިހާބުތަކަށް ބަލާފައި އެމްޑީޕީއަށް ފުރުސަތު ބޮޑު
ނުކުތީ އުއްމީދުކުރި ނަތީޖާއެއް ނޫން

އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ ލިބިވަޑައިގަންނަވާނެ އެންމެ ގިނަ ވޯޓު ކަމަށާއި، ސަރުކާރު ބަދަލުކުރަން ބޭނުންވާ ރައްޔިތަކު ދެވަނަ ބުރުގައި ވޯޓުލާން މަޑު ނުކުރާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

Advertisement

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ އިންތިހާބުގައި ނުކުތީ އެންމެ އުއްމީދުކުރި ނަތީޖާ ނޫން ކަމަށެވެ. އެގޮތުން ސަރވޭތަކުން ގަބޫލުކުރެވިފައި އޮތީ އިންތިހާބު އެއްބުރުން ކާމިޔާބުކުރެވޭނެ ކަމަށް ނަމަވެސް ނަތީޖާއާއެކީގައި އެކި ގޮތްގޮތަށް ބެލުމުން އެންމެ ބޮޑަށް ފާހަގަކުރެވުނީ އެއްބުރުން ކާމިޔާބުކުރެވޭނެކަން މާ ބޮޑަށް ޔަގީންކުރެވުން ކަމަށެވެ.

އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ ލީޑަރޝިޕްގެ ބޭފުޅުންގެ އިތުރުން ރައްރަށުގެ ލީޑަރޝިޕްގައި ތިބި މެންބަރުންނާއި އާންމު މެންބަރުން އަދި ރައްޔިތުންގެ ވެސް ވިސްނުން ވަރަށް ބޮޑަށް އޮތީ ތިމަންނާ ވޯޓުނުލިޔަސް އަޅުގަނޑުމެން އެއްބުރުން ކާމިޔާބުކުރެޔޭ. މާބޮޑަށް މަސައްކަތްކޮށްގެން ތިމަންނާމެންނަށް ޕްލެޖްކޮށްފައި އޮތް ވޯޓެއް ލާން ނުނެރުނުކަމުގައި ވިޔަސް އެއީ މައްސަލައެއް ނޫން ކަމުގައި. ވަރަށް ބޮޑަށް ރިލެކްސްކޮށްލެވިގެން ގޮސް މިކަން މިގޮތަށް ހިނގާފައި އޮތްކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ. ޔަގީންވާކަމަކީ އަތުން ނައްޓައިގެން ދިޔަބައި ރިކަވަރކޮށްފައި ދެވަނަބުރުގައި ރަނގަޅު ނަތީޖާއަކުން ކާމިޔާބުކުރެވޭނޭ
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް

މިނިސްޓަރު ވިދާޅުވީ އެއްބުރުން އިންތިހާބު ކާމިޔާބުކުރެވޭނެ ކަމުގައި ޔަގީންކަން އޮތް ކަމަށާއި، ނަމަވެސް ނުކުތީ އުއްމީދުކޮށްގެން ތިބި ނަތީޖާއެއް ނޫން ކަމަށެވެ. އަދި ކުރީގެ ރިޔާސީ އިންތިހާބުތަކުގައި ކަންކަން ހިނގާފައި އޮތްގޮތަށް ބަލާއިރުގައި އެންމެ ފަހިކޮށް އޮތީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އިންތިޚާބުވެވަޑައިގަތުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޕީޕީއެމް އޮތީ އެންމެ ބޮޑަށް ސްޓްރެޗްވެފައި ކަމަށާއި، މުއިއްޒަށް ލިބިވަޑައިގެންނެވި ވޯޓަކީ ރައީސް ސާލިހު ނޫންގޮތެއް ހޯދުމަށް ކުރި ކެމްޕޭންގެ މެކްސިމަމް ވޯޓުކަމަށެވެ. އަދި މި ސަރުކާރު ބަދަކުރަން ބޭނުންވާ ރައްޔިތަކު ދެވަނަ ބުރުގައި ވޯޓުލާން މަޑުކޮށްގެން ނުހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

2008 ވަނަ އަހަރު ރައީސް މައުމޫން އަބްދުލްގައްޔޫމަށް ލިބިވަޑައިގެންނެވީ 45 އިންސައްތަ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ 25 އިންސައްތަ. އެކަމަކު ނަތީޖާ ބަދަލުވެގެން އައީ އަނެއް އަތެއް. އިތުރު 26 އިންސައްތަ ހޯއްދަވައިގެން ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ. 2013ށް ޖެހިލާއިރުވެސް އެމްޑީޕީން 47 އިންސައްތަ ހޯދި އިރު ރައީސް ޔާމީނަށް ލިބިވަޑައިގަތީ 25 އިންސައްތަ. އެކަމަކު އެއްކޮށް މަސައްކަތް ކޮށްގެން ބޮޑު ނަތީޖާއެއް ބަދަލުކުރީ. އެއިރު އެމްޑީޕީން ނަގަންވި މެކްސިމަމް އަދަދު ނެގި. 2013 ވަނަ އަހަރު އެންމެ ބޮޑަށް އެއިރު ފޯކަސް ކުރީ ވޯޓުނުލާ މީހުން ނެރެގެން ވޯޓުލާން.
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް

މިނިސްޓަރު ވިދާޅުވީ ކުރިން އޮތް 2 ރިޔާސީ އިންތިހާބެއްގައި 25 އިންސައްތައިގައި އޮތް ކެންޑިޑޭޓުން ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަކީ މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަކަށް ދާއިރު، އޮތް ޕްރެޝަރު ކުޑަ، ނަމަވެސް ފުރުސަތު ބޮޑު ކަމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް