ތޫފާން ލީ ހުކުރު ދުވަހު ކެރިބިއަން ސަރަހައްދަށް މިސްރާބު ޖަހާފައިވާ އިރު، ކެޓަގަރީ 5 ގެ ތޫފާނަކަށް ބަދަލުވެއްޖެއެވެ.
ތޫފާން ލީގެ ބާރު ގަދަވެ އެއްގަމަށް އަރާއިރު، އެ އަރާނެ ސަރަހައްދުތައް ހޯދުމަށް ކަމާބެހޭ ފަރާތްތަކުންދަނީ މަސައްކަތް ކުރަމުންނެވެ.
އެންއޯއޭއޭ (ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން) އާއި ސީއައިއާރުއޭ (ކޯޕަރޭޓިވް އިންސްޓިޓިއުޓް ފޯ ރިސާޗް އިން ދަ އެޓްމޮސްފިއާ) އިން ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި ތޫފާން ލީ ކެރިބިއަން އާއި ދިމާލަށް ދަނީ ދަތުރުކުރަމުންނެވެ.
ތޫފާން ލީ އިން ގަޑިއަކު 165 މޭލު (265 ކިލޯމީޓަރު) ގެ މެކްސިމަމް ސަސްޓެއިންޑް ވިންޑްސް ނަގަމުންދާ ކަމަށާއި، މިއީ ތޫފާނެއްގެ ސަސްޓެއިންޑް ވިންޑް ސްޕީޑަށް ބިނާކޮށް ކެޓަގަރީ 5 ގެ ތޫފާނެއްކަމަށް ކަނޑައެޅުމަށް ބަލާ މިންގަނޑެވެ. ކެޓަގަރީ 5 ގެ ތޫފާންތަކަކީ މި ސްކޭލްގައި އެންމެ ބާރުގަދަ ތޫފާންތަކެއް ކަމަށާއި ވައިގެ ބާރުމިން އެންމެ ކުޑަމިނުން ގަޑިއަކު 157 މޭލު ބާރުމިނުގައި ޖެހެއެވެ.
ލީ މިހާރު ތޫފާން ހިމެނެނީ އެޓްލާން ޓިކް ކަނޑުގައި ކަމަށާއި ކެރިބިއަން ކަނޑުގެ އުތުރު ލީވާޑް އައިލެންޑްސްގެ އިރުމަތީގައި ގާތްގަނޑަކަށް 600 މޭލު (965 ކިލޯމީޓަރު) ދުރުގައެވެ. މިހާރު ހުޅަނގު އުތުރުން ދަތުރުކުރާ މަގުން ލީ މި ހަފްތާ ބަންދާއި އަންނަ ހަފްތާގެ ކުރީކޮޅު ލީވާޑް އައިލެންޑްސް، ވާޖިނިއާ އައިލެންޑްސް އަދި ޕުއެރްޓޯ ރީކޯގެ އުތުރަށް ދަތުރުކުރާނެ ކަމަށް ބެލެވެއެވެ.