ކ. މާލެ
|
8 ސެޕްޓެންބަރ 2023 | ހުކުރު 12:30
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި
ރާއްޖެ އެމްވީ
އުފާވެރި އަމާން ރާއްޖެ
ރައީސް ސާލިހަށް މަރުހަބާ ދެންނެވުމަށް ވަރަށް ގިނަ ރައްޔިތުން ނުކުމޭ، ކާމިޔާބުވާނީ އެންމެން ނުކުމެ ވޯޓުލައިގެން: ފަޒްނާ
 
ރައީސް ސާލިހަށް އިތުބާރު ކުރައްވާ ވޯޓް ދެއްވުމަށް ފަޒްނާ އެދިވަޑައިގެންނެވި

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް މަރުހަބާ ދެންނެވުމަށް ވަރަށް ގިނަ ރައްޔިތުން ނުކުންނަ ކަމަށާއި އެހެންނަމަވެސް ކާމިޔާބު ވަނީ އެންމެން ވެސް ނުކުމެ ވޯޓްލައިގެން ކަމަށް، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ރައީސްގެ އަނބިކަނބަލުން ފަޒްނާ ވަނީ ރައީސް ސާލިހަށް އިތުބާރު ކުރައްވާ ވޯޓް ދެއްވުމަށް ގޮވާލައްވާފައެވެ.

މި ސަރުކާރަކީ ވާހަކަ ދައްކައިގެން ކަންތައްތައް ހައްލުކޮށްދޭނެ ސަރުކާރެއްކަން ހުރިހާ ރައްޔިތުންނަށް ވެސް މިހާރު ޤަބޫލު ކުރެވޭނެ ކަމަށާއި ކޮންމެ ހާލެއްގައި ވެސް ގޮސް، ރައީސް ސާލިހަށް ވޯޓް ދިނުމަށް ފަޒްނާ ވަނީ އެދިވަޑައިގަންނަވާފައެވެ.

މީގެއިތުރުން މި ސަރުކާރަކީ ރައްޔިތުންނަށް ވާ ވައުދުތައް ފުއްދާ، އަދި ފުއްދަމުންދާ ސަރުކާރެއް ކަމަށް ވެސް ފަޒްނާ ވިދާޅުވިއެވެ.

ފަޒްނާ ވިދާޅުވީ ކެމްޕޭނުގައި ޑޯޓުޑޯއަށް ވަޑައިގެން ބައްދަލުވެވަޑައިގެންނެވި ރައްޔިތުންނާއި، މުލިއާގެއިން ބައްދަލުކުރެއްވި މީހުން ވެސް ރައީސް ޞާލިހަށް ކުރާ އިތުބާރު ފެނިވަޑައިގެންނެވި ކަމަށެވެ. އަދި އެމީހުން ރައީސްއަށް ވޯޓުދޭނީ ދޭ ހަދިޔާއެއްގެ ގޮތުން ނޫން ކަމަށާއި، ވޯޓު ދޭނީ އިތުބާރުކުރައްވާތީ ކަމަށެވެ. އަދި ބައްދަލުވާ ފަރާތްތަކުން ބުނަމުންދަނީ ކަންބޮޑުވުންތައް ހައްލުކޮށްދެއްވީ ރައީސް ކަމަށާއި، ދެންވެސް އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައި ހައްލުކޮށްދެވެންޔާ ހައްލުކޮށްދެވޭނީ ރައީސް ސާލިޙަށް ކަން ގަބޫލުކުރާތީ ކަމަށް ވެސް ފަޒްނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި