ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ލުއިސް ރުބިއަލެސް ވޯލްޑްކަޕް ނިންމުމުގެ ރަސްމިއްޔާތުގައި އަންހެން ކުޅުންތެރިއެއްގެ ތުންފަތަށް ބޮސްދިން އަމަލު ތަކުރާރުވިޔަ ނުދޭނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.
މި ހާދިސާ ހިނގިތާ ތިން ހަފުތާ ފަހުން ފުރަތަމަ ފަހަރަށް އެ ކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާގެ ރައީސް އިންފަންޓީނޯ ބުނީ ރުބިއަލެސްގެ އަމަލުގެ ސަބަބުން މުޅި ރަސްމިއްޔާތު ހަރާބުވެއްޖެ ކަމަށެވެ.
ފުރިހަމަ ރަސްމިއްޔާތެއްގެ ހައްގުވެރިންނަށް، ދުނިޔޭގެ ޗެމްޕިއަނުންނަށް ލިބެންވީ އުފާވެރިކަން އެކަމުގެ ސަބަބުން ހަރަބުވެގެންދިޔަ. އަހަރުމެން ކަނޑައަޅަންވީ ކަމަކީ އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުންއިންފަންޓީނޯ
އިންފަންޓީނޯ ބުނީ މި މައްސަލަ ތަހުގީގުކޮށް ބަދަލެއް ގެންނަންޖެހޭނަމަ އެކަން ކުރާނެ ކަމަށެވެ.
އަހަރުމެންގެ ފަރާތުން މިކުރާ ކަމަކީ އަންހެން ކުޅުންތެރިންނަށް އެހީތެރިވެދިނުން. އެމީހުންގެ ކަރާމާތާއި، އަންހެން ފުޓްބޯޅަ ކުރިއެރުވޭނެ ގޮތްތައް ހޯދުން. އެންމެ އަންހެން ކުޅުންތެރިންގެ އަގުވަޒަންކޮށް އެމީހުންނަށް ބޭނުންވާ ރައްކާތެރިކަން ދަނޑުމަތިންނާއި ދަނޑުބޭރުގައި ވެސް ހޯދައިދިނުންއިންފަންޓީނޯ
މި މައްސަލާގައި ފީފާއިން ވަނީ ރުބިއަލެސް 90 ދުވަހަށް ސަސްޕެންޑްކޮށް އޭނާގެ މައްސަލަ ބަލަން ފަށައިފަ އެވެ. އަދި ސްޕޭނުގެ ކުޅުންތެރިންނާއި ސަރުކާރުންދަނީ ރުބިއަލެސް މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ.