ކ. މާލެ
|
7 ސެޕްޓެންބަރ 2023 | ބުރާސްފަތި 08:34
ފަރސްޓްލޭޑީ ފަޒްނާ އަހުމަދު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންނެވުން
ފަރސްޓްލޭޑީ ފަޒްނާ އަހުމަދު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންނެވުން
ރާއްޖެއެމްވީ
ފަރސްޓްލޭޑީ ފަޒްނާ
"ދިމާވާ އިމްތިހާނުތަކުގައި އިބޫ އަބަދުވެސް އިސްކުރައްވާނީ ކެތްތެރިކަން"
 
ފަޒްނާ ވިދާޅުވީ، ރައީސް ސާލިޙަކީ ދެއްކުންތެރިކަން ހުންނަ ބޭފުޅެއް ނޫން ކަމަށް
 
އަނިޔާވެރިކަން އިސްކުރައްވައިގެން ކަމެއް ކުރައްވާފައިނުވާ ކަމަށް ވިދާޅުވި
 
ފަޒްނާ ވިދާޅުވީ، ރައީސް ސާލިޙަކީ މީހުންނަށް އެއްޗެހި ވިދާޅުވެ، ފުރައްސާރަ ކުރައްވާ ބޭފުޅެއް ނޫން ކަމަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙަކީ ދިމާވާ އިމްތިހާނުތަކުގައި އަބަދުވެސް ކެތްތެރިކަން އިސްކުރައްވާ ބޭފުޅެއް ކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން، ފަރސްޓްލޭޑީ ފަޒްނާ އަޙުމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވިދާޅުވީ، މި ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ނޫސްވެރިއެއް ނުވަތަ ސިޔާސީ ބޭފުޅެއްވެސް ބަދަލު ހިއްޕެވުމުގެ ގޮތުން ހައްޔަރު ކުރައްވައި ނުވަތަ އަނިޔާވެރިކަން އިސްކުރައްވައިގެން ކަމެއް ކުރައްވާފައިނުވާ ކަމަށެވެ.

ރައީސް ސާލިޙަކީ ދިމާވާ އިމްތިހާނުތަކުގައި ކެތްތެރިކަން އިސްކުރައްވާ ބޭފުޅެއް ކަމަށްވެސް ފަޒްނާ ވިދާޅުވިއެވެ.

ފަޒްނާ ވިދާޅުވީ، ރައީސް ސާލިޙަކީ މީހުންނަށް އެއްޗެހި ވިދާޅުވެ، ފުރައްސާރަ ކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ. އެއީ ރައީސް ސާލިޙުގެ މިޒާޖުގައިވެސް ހުންނަ ގޮތެއް ނޫންކަން ފަޒްނާ ފާހަގަ ކުރެއްވިއެވެ.

އިބޫ ބޮލަށް ތުރާވާނެ މީހުންގެ ވާހަކަ ދައްކަންޏާވެސް
ފަރސްޓްލޭޑީ ފަޒްނާ އަޙުމަދު

އޭގެ އިތުރުން، ވެރިކަމުގެ ތެރޭގައި ރައީސް އެންމެ ކަންބޮޑުވެވަޑައިގެން ހުންނެވިއިރުގެ ހަނދާންތައްވެސް ފަޒްނާ ވަނީ އައު ކުރައްވާފައެވެ. ވަކިން ޚާއްސަކޮށް ކޮވިޑް19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރައީސްގެ މަސައްކަތްތައް ބައްޓަން ކުރެވިފައި ހުރި ގޮތާއި ގުޅޭގޮތުން ފަޒްނާ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ފަޒްނާ ވިދާޅުވީ، ރައީސް ސާލިޙަކީ ދެއްކުންތެރިކަން ހުންނަ ބޭފުޅެއް ނޫން ކަމަށާއި، އެއީ އެކަމަނާ ރައީސް ސާލިޙާމެދު ނުހަނު ގަޔާވެވަޑައިގަންނަވާ ސިފަފުޅެއް ކަމަށެވެ. އެކަމުގެ ބައެއް މިސާލުތައްވެސް ފަޒްނާ ވަނީ ހިއްސާ ކުރައްވާފައެވެ. އެގޮތުން ފަޒްނާ ސިފަ ކުރައްވާ ގޮތުގައި ރައީސް ސާލިޙަކީ ކެތްތެރިކަމާއި އިހުސާންތެރިކަމުގެ ލާމަސީލު މިސާލެކެވެ.

ކޮމެންޓް
7 ސެޕްޓެންބަރ 2023 | ބުރާސްފަތި 09:50
ނުދަންނަމީހެއް
އަޅުގަނޑަކީ އެމްޑީ÷ މެމްބަރެއްވެސް ނޫން. އަޅުގަނޑު ރައީސް ސޯލިހު އާ ރައްޓެއްސެއްވެސް ނޫން. އެހެންނަމަވެސް އަވަށްޓެރިއެއް. އބަދުވެސް ހިނިތުންވުމާއެކު ބައްދަލުވާ ވަރަށް މަޑުަމއިތިރި ހިތްތިރި ފަރާތެއްގެގޮތުގައި ފާހގަކުރެވޭ. އެއީ ރައީސްކަންލިބުމުގެކުރި. މިފަހުން ފެނުނު ގޮތުގައި ވަރަށްގިނަ ތުއްތު ކުދިންވެސް ބަލއިގްނަނަ ސަހުސިއްޔަތެއްގޮތުގައި ފާހަގަކުރެވުނު. ނުދަންނަ ތުއްތުކުދިން ގަޔާވާނީ އެމީހުންނަށް ހެޔޮ މީހުންނަށް. އަޅުގަނޑު އެދެނީ މަނިކުފާނަށް މި އިންތިހާބުގައި ކާމިޔާބ. ތާއިދުކުރަނީ ވަރަށް ޑިސިޕްލިން ބޭފުޅަކަށްވާތީ އަދި އަތޮޅތެރެ ތަރައްގީކުރުމަށްކުރައްވަމުންދާ މަސައްކތް ވަރަށް ގާތުން ފެންނާތީ.
ގުޅުންހުރި