ކ. މާލެ
|
6 ސެޕްޓެންބަރ 2023 | ބުދަ 20:02
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޕްލޭނިންގ މިނިސްޓްރީ
ގޮނޑުދޮށް ހިމާޔަތްކުރުމާއި ނެރު ފުންކުރުން
ކަމަދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި، ނޮޅިވަރަންފަރު ނެރު ފުންކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި
މި ދެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް
ނެރު ފުންކުރުމުގެ މަޝްރޫއަށް 5.7 މިލިއަން ރުފިޔާ ހޭދަވާނެ
ރަށް ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއަށް 24.4 މިލިއަން ރުފިޔާ ހޭދަވާނެ

ބ. ކަމަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި ހދ. ނޮޅިވަރަންފަރު ނެރު ފުންކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރުމަށް، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ބުދަ ދުވަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ދެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމެވެ.

ނޮޅިވަރަންފަރު ނެރު ފުންކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ކަނޑިންމައިގައި ހުރި ގާތައް ނަގައި ނެރު ފުންކުރާއިރު، މި މަޝްރޫއަށް 5.7 މިލިއަން ރުފިޔާ ހޭދަވާނެއެވެ.

މީގެ އިތުރުން ބ. ކަމަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުވެސް ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ރަށް ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން 50 މީޓަރުގެ 15 ބޮޑުހިލަ ބްރޭކްވޯޓަރ ޖަހާނެކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއަށް 24.4 މިލިއަން ރުފިޔާ ހޭދަވާނެއެވެ.

- ކޮމެންޓް