ކ. މާލެ
|
6 ސެޕްޓެންބަރ 2023 | ބުދަ 11:23
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙުގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަޙުމަދު ދީދީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙުގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަޙުމަދު ދީދީ
ރާއްޖެއެމްވީ
ރައީސް ސާލިޙުގެ ކެމްޕޭން
ރައްޔިތުންގެ ކެކުޅުންތައް ތަޖުރިބާ ކުރައްވައި، އެކަމަށް ޙައްލު ހޯއްދެވުމަށް ނުކުންނެވި ކެންޑިޑޭޓަކީ ރައީސް ސާލިޙު: މާރިޔާ
 
އަމިއްލަ ގޯއްޗެއް ލިބުމަކީ ރައްޔިތުންނަށް އެތައް އަސަރެއް ކުރުވާނެ ކަމެއް
 
މާލެއިން ބިންކޮޅެއް ލިބޭނެކަން މިއީ ބައެއްގެ އުއްމީދުގައިވެސް އޮތް ކަމެއް ނޫން

ރައްޔިތުންގެ ކެކުޅުންތައް ތަޖުރިބާ ކުރައްވައި، އެކަމަށް ޙައްލު ހޯއްދެވުމަށް ނުކުންނެވި ކެންޑިޑޭޓަކީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުކަމަށް އެމަނިކުފާނުގެ ކެމްޕޭނު ތަރުޖަމާނު މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ، ރައީސް ސާލިޙުގެ ޖަޒީރާ ސިޔާސަތުގެ ދަށުން އެމަނިކުފާނު އިސްކަންދެއްވީ ރަށްރަށުގައި ދޭ ޚިދުމަތްތައް ތަރައްޤީ ކުރައްވައި ފުޅާ ކުރެއްވުމަށް ކަމަށެވެ.

އަދި ސަރުކާރުން ގޯއްޗާއި ފްލެޓު ދިނުމުގެ ކަންކަން ކުރައްވަމުން ގެންދަވަނީވެސް ވަކި ޕްލޭނަކާއެކު ވަކި ތަސައްވުރެއްގެ ދަށުންކަމަށް މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މާލޭގެ ބައެއް ގެތަކުގައި މާލޭގެ ރައްޔިތުން އުޅެމުންދަނީ ވަރަށް ދަތި ޙާލުގައި ކަމަށާއި، އެ ޙާލަތުގައި ތިއްބައި އަމިއްލަ ގޯއްޗެއް ލިބުމަކީ ރައްޔިތުންނަށް އެތައް އަސަރެއް ކުރުވާނެ ކަމެއް ކަމަށެވެ.

މާލެއިން ބިންކޮޅެއް ލިބޭނެކަން މިއީ އެމީހުންގެ އުއްމީދުގައިވެސް އޮތް ކަމެއް ނޫންކަމަށް މާރިޔާ ފާހަގަ ކުރެއްވިއެވެ. ނަމަވެސް މި ސަރުކާރުން އެ ފުރުސަތު ފަހިކޮށްދީފައިވާކަން މާރިޔާ ފާހަގަ ކުރެއްވިއެވެ.

އެކަންކަން އެ ކުރެވިގެންދަނީ ރައްޔިތުންގެ ގާތަށްގޮސް މި ސަރުކާރުން ރައްޔިތުންގެ ޙާލު ބަލާފައި އޮތުމުންކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، ރައީސް ސާލިޙާ އެހެނިހެން ވެރިންނާ ތަފާތު ކަމަށެވެ.

ރައީސް ސާލިޙަށް ވޯޓު ދޭންވީ ސަަބަބަކީވެސް ރައްޔިތުންގެ ކެކުޅުންތައް ތަޖުރިބާ ކުރައްވައި، އެކަމަށް ޙައްލު ހޯއްދެވުމަށް ނުކުންނެވި ކެނޑިޑޭޓަކީ ރައީސް ސާލިޙުކަމަށްވާތީކަން މާރިޔާ ފާހަގަ ކުރެއްވިއެވެ.

ސަޅިބައިސާ ކެނޑުމުގެ ބަދަލުގައި ކަންކަން ކުރައްވާނެ ވެރިއެއް އެއީ
މާރިޔާ އަޙުމަދު ދީދީ

މާރިޔާ ވަނީ ހުރިހާ ރައްޔިތުންވެސް ރައީސް ސާލިޙަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި