ކ. މާލެ
|
6 ސެޕްޓެންބަރ 2023 | ބުދަ 07:08
ބުލަގަރީ ރިސޯޓް ރަންފުށީގެ ކޮންސެޕްޓް
ބުލަގަރީ ރިސޯޓް ރަންފުށީގެ ކޮންސެޕްޓް
ބުލްގަރީ
ޓޫރިސްޓު ކޮޓަރި އާއި ވިލާތައް
ޓޫރިސްޓު ކޮޓަރި އާއި ވިލާތައް ދިގު މުއްދަތަށް ދޫކުރުމާބެހޭ ގަވާއިދު އާންމުކޮށްފި
 
އެފަދައިން ތަންތަން ކުއްޔަށް ދިނުމުގެ ކުރިން ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކުރަން ޖެހޭ

ޓޫރިސްޓު ކޮޓަރި އާއި ވިލާ ދިގު މުއްދަތަށް ދޫކުރުމާބެހޭ ގަވާއިދު އާންމުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ގެޒެޓުކުރި ގަވާއިދުގައިވާ ގޮތުން އެފަދައިން ތަންތަން ކުއްޔަށް ދިނުމުގެ ކުރިން ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކުރަން ޖެހެއެވެ. އަދި މިނިސްޓްރީން ރަޖިސްޓްރީ ކޮށްދޭނީ ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ތަންތަނެވެ.

ދިގު މުއްދަށް ވިލާއެއް ނުވަތަ ކޮޓަރިއެއް ކުއްޔަށް ދޫކުރާނަމަ، ގަވާއިދުގައިވާ ގޮތުން އެތަނެއް ކުރިއާލައި ރަޖިސްޓްރީ ކުރަންޖެހެއެވެ. އެގޮތަށް ކޮޓަރިއެއް ރަޖިސްޓްރީކޮށްދެނީ 5،000ރ. ސަރުކާރަށް ދެއްކުމުންނެވެ.

އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއުތަކުގެ ދަށުން ކުރާ އިމާރާތްތަކަށް ވެސް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ރިސޯޓުތަކާއި އިންޓަގްރޭޓެޑް ރިސޯޓުތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކުގެ އިތުރުން ސަބްލީސްކޮށްފައިވާނަމަ ސަބްލީސްކޮށްފައިވާ ފަރާތަށް ވެސް ކުއްޔަށް ދޫކުރުމުގެ ހައްގު ލިބެއެވެ.

ރިސޯޓު އިމާރާތް ކުރަން ފެށުމުގެ ކުރިން ނުވަތަ ކުރަމުން ދާއިރު ކުލީގެ އެއްބަސްވުން އެކުލަވާލައި އަގެއް ނެގުމަކަށް އެ ގަވާއިދު ހުރަހެއް ނާޅައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް