ކ. މާލެ
|
5 ސެޕްޓެންބަރ 2023 | އަންގާރަ 18:55
ރައީސް އަލިފުށީގައި ވާހަކަފުޅުދަައްކަވަނީ
ރައީސް އަލިފުށީގައި ވާހަކަފުޅުދަައްކަވަނީ
އެމްޑީޕީ
އަލިފުށީގެ ތަރައްގީ
ކުރިއަށް އޮތް ދައުރުގައި އަލިފުށީ ބިން ހިއްކުމާއި ބޯހިޔާވަހިކަމާއި ބޮޑެތި އިތުރު މަޝްރޫއުތަކެއް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވެއްޖެ
 
ގޮނޑުދޮށް ހިމާޔަތްކުރުމާއި ބިން ހިއްކުން އަދި ކުނި މެނޭޖްކުރާނެ ސެންޓަރެއްގެ ވާހަކަ ވިދާޅުވި
 
ރަށުގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކުރައްވާނެ
 
ރިސޯޓަކަށް އިއްތިގިލި ބަދަލުކުރުމަށް ކުރައްވަންޖެހުނު ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ވިދާޅުވި

ކުރިއަށް އޮތް ދައުރުގައި އަލިފުށީ ބިން ހިއްކުމާއި ބޯހިޔާވަހިކަމާއި ބޮޑެތި އިތުރު މަޝްރޫއުތަކެއް ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭން ޖަލްސާއަށް ރ. އަލިފުއްޓަށް ވަޑައިގެން ބޭއްވި ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އަލިފުއްޓަށް ވަޑައިގެންނެވުމުން ރަށުގެ ރައްޔިތުން ދެންނެވި މަރުހަބާއިން އެނގިވަޑައިގަތީ، އަލިފުށީ ރައްޔިތުން ތިބީ އެއްބުރުން މި އިންތިޚާބު އެމަނިކުފާނަށް ކާމިޔާބު ކޮށްދިނުމަށް ތައްޔާރަށްކަމެވެ. ރައީސް ވިދާޅުވީ 2018 ވަނަ އަހަރު އަލިފުއްޓަށް ވަޑައިގަތުމުން އިވިވަޑައިގަތް ލަވައިގައި ބުނަނީ، މަތިންދާބޯޓުން އަލިފުއްޓަށް އަންނަ ވާހަކަ ކަމަށެވެ. އަލިފުށީ އެއަރޕޯޓުގެ ބިން ހިއްކަން ފަށާފައިވާކަމަށާއި، އަހަރު ނިމުމުގެ ކުރިން ވައިގެމަގުން އަލިފުއްޓަށް ދަތުރުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވަޑައިގެންނެވި ކޮންމެ ރަށަކުން ފެނިވަޑައިގަންނަވަނީ އެނބުރި ބިރުވެރި ނާމާން ދުވަސްތަކަށް ދާން ބޭނުންނުވާ މަންޒަރު ކަމަށާއި، ފެނިވަޑައިގަންނަވަނީ ތަރައްގީއާއެކު ހިތްހަމަޖެހިގެން ރައްޔިތުން ތިބިތަން ކަމަށެވެ. ރައީސް ވިދާޅުވީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުނުކުރައްވައި ފެށި މަސައްކަތުގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އެހެން ހަރުފަތަކަށް ގެންދެވޭނީ ގުދުރަތީ މުއްސަނދިކަން ބޭނުންކޮށްގެން ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ދައުރުގެ ތެރޭގައި އަލިފުއްޓަށް ގެންނަން ބޭނުންފުޅުވާ ތަރައްގީގެ މުހިންމު މަސައްކަތްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އަންނަ ދައުރުގައި އަލިފުށީގެ ބިން ހިއްކުމުގެ މަސައްކަތް، އަންނަ ދައުރުގައި ނިންމައިދެއްވާނެ ކަމަށާއި، އެއާއެކު މޫދަށް އެރޭނެ އާޓިފިޝިއަލް ބީޗެއް ތަރައްގީ ކުރައްވާނެ ކަމަށެވެ. އަލިފުށީ އެއަރޕޯޓު ނިމޭއިރު ކުނި މެނޭޖްކުރާ ނިޒާމް ގާއިމްކުރުމަށް އިތުރު 1 ހެކްޓަރުގެ ބިން ހިއްކަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންނަ ދައުރުގައި ބޯހިޔާވަހިކަމަށް ފުލެޓް ނުވަތަ ރޯހައުސް އަޅުއްވާނެ ކަމަށާއި، މިހާރު ހަދަން ކޮންޓްރެކްޓް ކުރެވިފައިވާ މަގުތަކުގެ އިތުރުން އަންނަ ދައުރުގައި އިތުރު މަގުތައް ތާރު އަޅުއްވައިދެއްވައި ޒަމާނީ ފެންވަރަށް ތަރައްގީކުރައްވާނެ ކަމަށެވެ. މީގެ އިތުރުން ޒުވާނުންނަށް ފުޓްބޯޅަ ދަނޑެއް އަޅުއްވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ޔުނިޓެއް ގާއިމްކުރައްވާނެ ކަމަށާއި، ރިސޯޓަކަށް އިއްތިގިލި ބަދަލުކުރުމުގެ މަސައްކަތް އަދިވެސް ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން އައު އިންޖީނުގެއާއެކު ޚިދުމަތް ރަނގަޅު ކުރައްވާނެ ކަމަށާއި، ސްކޫލް މަލްޓިޕަރޕަސް ހޯލާއި މިސްކިތް އޭސީ ކޮށްދެއްވާނެކަމަށެވެ. ރައީސް ވިދާޅުވީ ސްކޫލް ސައިންސް ލެބް ތަރައްގީކުރައްވާނެ ކަމަށެވެ. އަދި އިންޑޯ އަދި އަޓްޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށާއި، 30 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތްވެސް ލަސްތަކެއްނުވެ ކުރިއަށްދާނެ ކަމަށެވެ. އަދި ވިދާޅުވީ ޒަމާނީ ލައިސަންސް ޓްރެކެއް ގާއިމްކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މިއީ އަލިފުއްޓަށް ކޮށްދެއްވަން ނިންމަވާފައިވާ ކަންކަން ކަމަށާއި، އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދަކީ ރައްޔިތުންނަށް ލިބިފައިވާ "ރަންގަނޑެއް" ކަމަށެވެ. އަދި ރައްޔިތުން މެންބަރާއެކު ތިބުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް