ކ. މާލެ
|
5 ސެޕްޓެންބަރ 2023 | އަންގާރަ 17:36
ރައީސް ވާދޫގައި ވާހަކަފުޅުދަައްކަވަނީ
ރައީސް ވާދޫގައި ވާހަކަފުޅުދަައްކަވަނީ
އެމްޑީޕީ
ރ. ވާދޫގެ ތަރައްގީ
ރ. ވާދޫ ބިން ހިއްކަވައި، ގޮނޑުދޮޮށް ހިމާޔަތްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
 
ބޯހިޔާވަހިކަމަށް ބޭނުންވާ ގޯތި ދިނުމަށް ކައުންސިލަށް އިލްތިމާސްކުރެއްވި
 
ބިން ހިއްކާއިރު ޕިކްނިކް އައިލެންޑެއް ތަރައްގީކުރައްވާނެ ކަމަށް ރައީސް ވިދާޅުވި

ރ. ވާދޫ ބިން ހިއްކައި، ގޮނޑުދޮށް ހިމާޔަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭނަށް ރ. ވާދޫއަށް ވަޑައިގެން ބޭއްވެވި ބަނދަރު ބައްލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން ތިބީ ތަރައްގީއާއެކު ކުރިއަށް ދިއުމަށް ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނަށް ދޭ ވޯޓަކީ ގެއްލިގެންދާނެ ވޯޓެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ އަންނަ ދައުރުގައި ވާދޫއަށް ކޮށްދެއްވާނެ ކަންތައްތައް އެބަހުރި ކަމަށެވެ. އެގޮތުން ވާދޫގެ ބިން ހިއްކުމާއި، މަގުތަކުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި، އަދި ސްކޫލަށް ބޭނުންވެފައިވާ ކޮމްޕިއުޓަރ ލެބާއި މަލްޓިޕަރޕަސް ހޯލު އިމާރާތްކުރުމާއި ސްކޫލަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުން ހިމެނޭކަމަށެވެ. ރައީސް ވިދާޅުވީ ވާދޫ ބިން ހިއްކިގެންދާއިރު ޕިކްނިކް އައިލެންޑެއް ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ރަށުގެ ރައްޔިތުން އެއްވެ ބައްދަލުވުން ބާއްވައި ހަފްލާތައް ބާއްވަން ކޮމިއުނިޓީ ސެންޓަރެއް އަޅުއްވައިދެއްވާނެ ކަމަށެވެ. އަދި ސިއްހީ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކުރަން ރައްޔިތުން އެދިފައިވާ ކަމަށާއި، ނަމަވެސް ސިއްހީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ އޭޓީއެމްގެ ޚިދުމަތް ކަމަށެވެ. އެގޮތުން އަންނަ ދައުރުގައި އޭޓީއެމް ބަހައްޓައި، ފައިސާގެ މުއާމަލާތް ފަސޭހައިން ކުރެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ރައީސް ވިދާާޅުވިއެވެ.

މީގެ އިތުރުން ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބަޖެޓް ކުރެވި ކޮންޓްރެކްޓްކުރެވިފައި ކަމަށާއި، އީއައިއޭ ނިމުމާއެކު މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވާދޫ ރައްޔިތުން ބޯހިޔާވަހިކަމަށް އެދެނީ ގޯތިކަމަށެވެ. އެކަމާ ގުޅިގެން, ޕްލޭނިންގ މިނިސްޓްރީއަށް ހުށަހަޅާފައިވާ ލޭންޑް ޔޫސް ޕްލޭން ފާސްކޮށްފައިވާ ކަމަށެވެ. އަދި ގޯތި ދިނުމުގައި ކައުންސިލަށް މިހާރު ދައްޗެއް ނެތްކަމަށާއި، އެމަނިކުފާނު އެދިވަޑައިގަންނަވަނީ އަދި އިލްތިމާސްކުރައްވަނީ ވެސް ކައުންސިލުން ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ބޭނުންވާ ގޯތި ދިނުމަށް ކަމަށެވެ.

މީގެ އިތުރުން ވާދޫޫގައި ވެލްނެސް ސެންޓަރެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، 60 އެނދުގެ ހޮޓަލެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ވާދުއަކީ ދިވެހިންނާއި ބިދޭސީންގެ ތެރޭގައި ވެސް މަޝްހޫރު ރަށެއް ކަމަށާއި، ރެދަން ބަލަން އަންނަން ބޭނުންވާ އެތައް ބަޔަކު ތިބި ކަމަށެވެ. އަދި މިއީ ތަރައްގީކުރެވޭނެ ލޯކަލް ޓުއަރިޒަމްގެ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ވާދޫ ރައްޔިތުން ހޮނިހިރު ދުވަހު ނުކުމެ، ތަރައްގީއައިގެެން ކުރިއަށް ދިއުމަށް އެމަނިކުފާނަށް ވޯޓު ދިނުމަށް އެދިވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް