ކ. މާލެ
|
5 ސެޕްޓެންބަރ 2023 | އަންގާރަ 15:42
އިންޓަ މިލާންގެ ކޯޗު، ސިމޯން އިންޒާގީ
އިންޓަ މިލާންގެ ކޯޗު، ސިމޯން އިންޒާގީ
ރޮއިޓާރސް
އިންޓަ މިލާން
އިންޓަގެ އެއްބަސްވުން އިންޒާގީ އައުކޮށްފި
 
އެއްބަސްވުމުގެ މުއްދަތު މިއަހަރު ހަމަވާއިރު، އޭނާ ވަނީ އިތުރު ދެ އަހަރަށް އެއްބަސްވުން އައުކޮށްފައި

އިންޓަ މިލާންގެ ކޯޗު ސިމޯން އިންޒާގީ އެކުލަބާއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ.

އިޓަލީއަށް ނިސްބަތްވާ އުމުރުން 47 އަހަރުގެ އިންޒާގީ އެންމެ ފުރަތަމަ އިންޓަގެ ކޯޗުކަމާ ހަވާލުވީ 2021 ވަނަ އަހަރުއެވެ. އޭރު އެ ކުލަބާއެކު އޭނާ ސޮއިކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އެ އެއްބަސްވުމުގެ މުއްދަތު މިއަހަރު ހަމަވާއިރު، އޭނާ ވަނީ އިތުރު ދެ އަހަރަށް އެއްބަސްވުން އައުކޮށްފައެވެ. އެހެންކަމުން، 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެކުލަބުގައި މަސައްކަތް ކުރާނެއެވެ.

އިންޒާގީގެ އިރުޝާދުގެ ދަށުން އިންޓަ ވަނީ މިހާތަނަށް ޖުމުލަ 112 މެޗު ކުޅެފައެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 72 މެޗުން މޮޅުވެ، 22 މެޗުން ބަލިވެފައެވެ. 18 މެޗެއް ނިމުނީ އެއްވަރުވެގެންނެވެ. އިންޒާގީގެ އިރުޝާދުގެ ދަށުން އިންޓަ ވަނީ އިޓާލިއަން ކަޕް ދެ ފަހަރު އަދި އިޓާލިއަން ސުޕަ ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން މިދިޔަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައިވެސް އެ ޓީމު ވަނީ ކުޅެފައެވެ. ފައިނަލްގައި އިންޓަ ބަލިވީ މެންޗެސްޓަރ ސިޓީ އަތުންނެވެ.

އިންޒާގީ އޭނާގެ ކޯޗިން ކެރިއަރު ފެށީ 2016 ވަނަ އަހަރު ލާޒިއޯއިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް