ކ. މާލެ
|
5 ސެޕްޓެންބަރ 2023 | އަންގާރަ 11:33
ކަރަސްކޯ އަލް ޝަބާބަށް ސޮއި ކުރުމުގެ ތެރެއިން
ކަރަސްކޯ އަލް ޝަބާބަށް ސޮއި ކުރުމުގެ ތެރެއިން
ޓްވީޓަރ
އަލް ޝަބާބް
އެތުލެޓިކޯ ދޫކޮށް ކަރަސްކޯ އަލް ޝަބާބަށް
 
އޭނާ ހޯދުމަށް އަލް ޝަބާބުން ވަނީ 15 މިލިއަން ޔޫރޯ ޚަރަދު ކޮށްފައި

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އައި ބެލްޖިއަމްގެ ޔަނިކް ކަރަސްކޯ އެ ކުލަބު ދޫކޮށް، ސައުދީ ޕްރޯ ލީގުގެ އަލް ޝަބާބަށް ސޮއިކޮށްފި އެވެ.

އުމުރުން 30 އަހަރުގެ ކުޅުންތެރިޔާ އަލް ޝަބާބަށް ބަދަލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކުލަބުން މިހާރު ވަނީ ކަރަސްކޯ އެ ކުލަބާ ގުޅުނުކަން ރަސްމީކޮށް އިއުލާން ކޮށްފަ އެވެ. އޭނާ އަލް ޝަބާބަށް ބަދަލުވީ އެތުލެޓިކޯ އާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވަ އެވެ. އެހެންކަމުން އޭނާ ހޯދުމަށް އަލް ޝަބާބުން ވަނީ 15 މިލިއަން ޔޫރޯ ޚަރަދު ކޮށްފަ އެވެ. އެ ކުލަބުގައި އޭނާ ބޭނުންކުރާނީ 23 ނަންބަރު ޖާޒީ އެވެ.

މޮނާކޯ އިން ސީނިއާ ކެރިއަރު ފެށި ކަރަސްކޯ ވަނީ ދެ ފަހަރެއްގެ މަތިން އެތުލެޓިކޯ އަށް ކުޅެފަ އެވެ. އެންމެ ފުރަތަމަ އޭނާ އެތުލެޓިކޯ އަށް ބަދަލުވީ، މޮނާކޯ ގައި ހުރުމަށްފަހު 2015 ވަނަ އަހަރު އެވެ. އެފަހަރު އޭނާ އެ ކުލަބާއެކު ސޮއިކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެހެން ނަމަވެސް، 2018 ވަނަ އަހަރު ކަރަސްކޯ ވަނީ އެ ކުލަބު ދޫކޮށް، ޗައިނާގެ ކުލަބަކަށް ބަދަލުވެފަ އެވެ. އެ ކުލަބުގައި ދެ އަހަރު ހޭދަ ކުރުމަށްފަހު، އަނެއްކާ ވެސް 2020 ވަނަ އަހަރު އޭނާ އެތުލެޓިކޯ އަށް ބަދަލުވި އެވެ. ލޯނު އެއްބަސްވުމެއްގެ ދަށުން ސޮއި ކުރުމަށްފަހު، ފަހުން ވަނީ ދާއިމީ އެއްބަސްވުމެއް އެކުލަވާލައިފަ އެވެ. އެ އެއްބަސްވުން ހަމަވާން އޮތީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ކަރަސްކޯ ވަނީ އެތުލެޓިކޯ އަށް 281 މެޗު ކުޅެދީ 48 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ދެ ތައްޓެއް ކާމިޔާބުކޮށްފަ އެވެ. ކަރަސްކޯ އަންނަނީ 2015 ވަނަ އަހަރުން ފެށިގެން ބެލްޖިއަމްގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. ޤައުމީ ޓީމަށް މިހާތަނަށް ކުޅެދިން 66 މެެޗުގައި އޭނާ ވަނީ ނުވަ ލަނޑު ޖަހައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް