Advertisement
ކ. މާލެ
|
5 ސެޕްޓެންބަރ 2023 | އަންގާރަ 11:17
ރައީސް ޞާލިހް މާކުރަތު ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ
ރައީސް ޞާލިހް މާކުރަތު ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
މާކުރަތުގެ ތަރައްގީ
މާކުރަތުގެ ބިން ހިއްކާ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅުއްވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި
މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރައްވާނެ ކަމަށް ރައީސް ވިދާޅުވި

އަންނަ ދައުރުގައި ރ. މާކުރަތުގެ ބިން ހިއްކާ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭނަށް ރ. މާކުރަތަށް ވަޑައިގެން ބޭއްވެވި ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ރަށަށް ވަޑައިގެންނެވުމުން ދެންނެވި މަރުހަބާއިން ފެނިވަޑައިގަތީ އެހެން ރަށްރަށާ އެއްގޮތަށް މިކަން އެއްބުރުން ނިންމަން ތިބިކަން ކަމުގައެވެ. ރައީސް ވިދާޅުވީ ކުރީ ސަރުކާރުގެ 5 އަހަރާއި މި ސަރުކާރުގެ 5 އަހަރުގެ ތެރޭގައި ކުރަމުންދާ ކަންތަކާއި ދޭތެރޭގައި ރައްޔިތުން ވިސްނާ ފިކުރުކުރާކަން ހާާމަވެގެންދިޔަ ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިހާބުގެ ވޯޓު ހޮނިހިރު ދުވަހު ލާއިރު ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ. އެއީ ގާނުނު އަސާސީން ރައްޔިތުންނާއި ހަވާލުކޮށްފައިވާ އަމާނާތެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިފަހަރުގެ އިންތިހާބަށް ކުރިމަތިލައްވައިގެން ތިއްބެވި ބޭފުޅުންނާ މެދު ވިސްނާ ފިކުރުކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓު ދީފިނަމަ ވާނެގޮތާ މެދު ވިސްނަންޖެހޭ ކަމަށެވެ. އެގޮތުން 2013ން 2018ށް ވެރިކަން ކުރީ އެ ބޭފުޅުން ކަމަށާއި، ރާއްޖެ ދުށް ނާމާން ދުވަސްތައް އެއިރު ފެނިގެން ދިޔަ ކަމަށެވެ. މުއިއްޒުއަށް ދެވޭ ވޯޓަކީ ނާމާންކަމަށް ދިއުމަށް ދެވޭ ވޯޓެއް ކަމަށާއި އެއީ އޮތް ޗޮއިސްއެއް ނޫން ކަަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެންތިބި ކެންޑިޑޭޓުންނަށް އެމްޑީޕީއާ އަރާ ހަމަނުކުރެވޭނެ ކަމަށާއި، އެ ބޭފުޅުންނަށް ދެވޭ ވޯޓަކީ ބޭކާރު ވޯޓެއް ކަމަށެވެ. އަދި މި އިންތިހާބުގައި އެމްޑީޕީއަށް ވޯޓުދިނުން ނޫން އެހެން ޗޮއިސްއެއް ނެތް ކަމަށެވެ. މީގެއިތުރުން އެމްޑީޕީގައި ސިޔާސަތުތައް މެނިފެސްޓޯއިން ފެންނަން އެބަހުރި ކަމަށާއި، އެމްޑީޕީގެ މެނިފެސްޓޯގައި ތަފާތު ހުންނާނެ ކަމަށެވެ.

Advertisement

ރައީސް ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި މާކުރަތުގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ ރަށްތައް ތަރައްގީވާނީ ދަތުރުފަތުރާއި ވިޔަފާރުކުރުާނެ ފުރުސަތުތައް ހުޅުވާލެވިގެން ކަމަށެވެ. ރައީސް ވިދާޅުވީ ރައްޔިތުންނަށް ފުރުސަތު ދިނުމަށްފަހު ހަމަހަމަކަމާއެކު ރައްޔިތުންނަށް ސަރުކާރުން ޚިދުމަތްދޭން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ މާކުރަތައިގައި ބިން ހިއްކާ ރައްޔިތުންނަށް ބޭނުންވާ ހައުސިންގ ޔުނިޓް އަޅުއްވައިދެއްވާނެ ކަމަށެވެ. ފެން ބޮޑުވާ މަގުތައް ޒަމާނީ ފެންވަރަކަށް ހައްދަވާނެ ކަމަށާއި، ދައުރު ނިމުމުގެ ކުރިން އެމްޓީސީސީ ނުވަތަ އާރުޑީސީއާއި ހަވާލުކުރައްވާނެ ކަމަށެވެ. އަދި ޒުވާނުންނަށް ބޭނުންވާ ސްޕޯޓްސް ކޮމްޕްލެެކްސްއާއި ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި، ސިއްހީ މަރުކަޒުން ލެބޯޓަރީގެ ހިދުމަތް ލިބޭނެ ގޮތަށް ހައްދަވައިދެއްވާނެ ކަމަށެވެ. މީގެ އިތުުރުން އޮޑިވެރިންގެ އެދުމުގެ މަތިން ދޯނި އެހެލާނެ ތަނެއް ރަށުގައި ތަރައްގީ ކުރައްވާނެ ކަމަށެވެ.

ރައީސް އެދިވަޑައިގެންނެވީ މި ކަންކަން ކުރުމަށް މާކުރަތުގެ ރައްޔިތުން ނުކުމެ ވޯޓުލާ ދުވަހު އެމަނިކުފާނަށް ވޯޓު ދެއްވުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް