ކ. މާލެ
|
4 ސެޕްޓެންބަރ 2023 | ހޯމަ 15:51
ރައީސް ނެއްލައިދޫގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ
ރައީސް ނެއްލައިދޫގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
ނެއްލައިދޫގެ ތަރައްގީ
އަންނަ ދައުރުގެ ތެރޭގައި ނެއްލައިދޫގައި ފުލެޓް އަޅުއްވައިދެއްވައި، މަގުތައް ތަރައްގީކުރައްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
 
ހިރިނައިދޫގައި އިގްތިސާދީ މަސައްކަތްކުރާނެ ތަނެއް ހެދުން
 
ދޯނި އެހެލާނެތަނެއް ތަރައްގީކުރުން

އަންނަ ދައުރުގެ ތެރޭގައި ނެއްލައިދޫގައި ފުލެޓް އަޅުއްވައިދެއްވައި، މަގުތައް ތަރައްގީކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭނަށް ހދ. ނެއްލައިދޫއަށް ވަޑައިގެން ބޭއްވި ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ނެއްލައިދުއަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ގާތްގަނޑަކަށް ނިމިފައި ވާކަމަށެވެ. ރައީސް ވިދާޅުވީ ވެރިޔަކު އިންތިޚާބުކުރަނީ އެރަށަކަށް އަންނަ ބަދަލާއި ކޮށްދޭނެ ކަންކަން ބެލުމަށްފަހު ކަމަށެވެ. ރައީސް ވިދާޅުވީ ނެއްލައިދޫ ރައްޔިތުންނަށް އެކަން އޮޅިފައި ނުވާނެކަމަށާއި، ވައުދުވެ ވައުދު ފުއްދަނީ ކާކުކަން ސާފުވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އަނެއްކާވެސް ކުރިއަށް އޮތީ ރިޔާސީ އިންތިޚާބުގައި ގޮތް ނިންމަންވީ ވަގުތުކަމަށާއި، ކުރީގެ ވެރިކަމާއި މި ވެރިކަމުގެ ކަންކަން މިނެކިރާލެވޭނެ ކަމަށެވެ. ރައީސް ވިދާޅުވީ މީގެ 10 އަހަރު ކުރިން ބޭއްވި ރިޔާސީ އިންތިޚާބުގައި ކަންކަން ދިޔަ ގޮތް، ވިސްނާލުމުންވެސް އެނގޭނެ ކަމަށާއި، ހައްގު އަދާކުރަން ނުކުތުމުން ކަންވެގެން ދިޔަގޮތް އެނގޭނެ ކަމަށެވެ. ރައީސް ވިދާޅުވީ އެފަހަރު 3 ބުރަން އިންތިޚާބުގައި ވޯޓު ލާން ޖެހުނު ކަމަށާއި، އެކަން ކުރީ ކޮންބައެއްކަން ވަރަށް ސާފު ކަމަށެވެ.

ރައީސް ވިދާޅުވީ ވޯޓުލާއިރު، އަނެއްކާވެސް އަނިޔާވެރިކަމާއި، ބިރުވެރިކަމުގެ ތެރެއަށް ދާންވީތޯ ނުވަތަ މިހާރު އަންނަމުންދާ ތަރައްގީއާއެކު ކުރިއަށް ދާންވީތޯ ރައްޔިތުން ވިސްނާލަންޖެހޭ ކަމަށެވެ. ރައީސް ވިދާޅުވީ ނެއްލައިދުއާއި ބޮޑުތިލަދުންމައްޗަށް ބޮޑު ބަދަލެއް އައިސްފައިވާކަމަށާއި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއެކު ބޮޑު ބަދަލެއް އެ ސަރަހައްދަށް އަންނާނެ ކަަމަށެވެ. ކަނޑުމަގުން އާރުޓީއެލްއިން ރަށްތައް ގުޅާލެވިފައި ވާކަމަށާއި، ވައިގެ މަގުން ގުޅާލެވުމުން ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ވަކި ސަރަހައްދެއް ތަފާތުކުރުމެއް ނެތި ހުރިހާ ސަރަހައްދެއްވެސް ތަރައްގީކުރައްވާނެ ކަމަށެވެ. މިހާރު މިއޮތީ ބިންގާ އެޅިފައިކަމަށާއި، އަންނަ ދައުރު އެހެން ހަރުފަތަކަށް ގެންގޮސް އިގްތިސާދު ދެގުނަކުރެވޭނެ ކަމަށެވެ. އަދި އެއާއެކު ލިބޭނެ ފަސޭހަ އިހުސާސްކުރެވޭނެ ކަމަށެވެ. ރައީސް ވިދާޅުވީ އަންނަ ދައުރަށް ވެވަޑައިގަންނަވާ އެންމެ ބޮޑު ވައުދުފުޅަކީ އިގްތިސާދީ ބޮޑު ބަދަލު ކަމަށާއި، ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަންވެސް ތަރައްގީ ކުރެވޭނެ ކަމަށެވެ.

ރައީސް ވަނީ ރަށްރަށުގައި އުފައްދާ ތަކެތި އެހެން ރަަށަކަށް ވިއްކަން ނުވަތަ ގަންނަން ދިއުމަށް ފެރީގެ ނިޒާމުގެ ތެރެއިން ގާއިމް ކުރެވޭނެ ކަމަށެވެ. އެގޮތުން ކާގޯއާއި ޕޯސްޓް ގުޅިގެން، ކުދި ދާގީނާ އުފުލޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށާއި، އާރުޓީއެލް ކާގޯ ފެރީގެ އެހީގައި މުދާތައް އެހެން ތަންތަނަށް ގެންދެވޭނެ ގޮތަށް ކަންކަން ރާއްވަވާނެ ކަމަށެވެ. މީގެ އިތުރުން ގައުމީ އެއަރލައިނުން ފަތުރުވެރިން ގެންނަން ބޭރަށް ދަތުރުކުރާނެ ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖެއަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ. ޔޫރަޕާއި ދުނިޔޭގެ ގައުމުތަކަށް ދަތުރުކޮށް، މޯލްޑިވިއަންގައި ފަތުރުވެރިން ގެނެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ދައުރުގައި ނެއްލައިދުއަށް އެންމެ ބޭނުންވެފައިވާ ބޯހިޔާވަހިކަމަށް ބޭނުންވާ ފުލެޓް އަޅުއްވައިދެއްވާނެ ކަމަށާއި، އަދި ރަށުގެ ބޮޑެތި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި، ސްކޫލަށް ބޭނުންވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދީ އިތުރު ވަސީލަތްތައް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ދޯނި އެހެލާނެ ސަރަހައްދެއް ތަރައްގީ ކުރުމާއި، ރަށުގައި ރަނގަޅު ފެންވަރެއްގެ މިސްކިތެއް އަޅުއްވައިދެއްވައި، ސިއްހީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ނެއްލައިދޫ ކައިރީގައި އޮތް ހިރިނައިދުއަކީ އިގްތިސާދީ މަސައްކަތްކުރާ ތަނަކަށް ބަދަލުކުރައްވާނެ ކަަމަށާއި، އެރަށް އޮތީ ވަރުވާއަށް ދީފައި ނަމަވެސް އެކަން ބަދަލުކޮށް، ހިރިނައިދޫ ކައުންސިލާއި ހަވާލުކޮށް ލަނޑާފަދަތަކެތި އާލާކުރުމުގެ މަސައްކަތް އެ ރަށުގައި ފެށުމުގެ ފުރުސަތު ހުޅުވާލާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅުންހުރި
ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް