ކ. މާލެ
|
4 ސެޕްޓެންބަރ 2023 | ހޯމަ 07:48
މެޗުގައި ލަނޑު ޖެހުމަށްފަހު ޔުވެންޓަސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ޔުވެންޓަސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ރޮއިޓާސް
އިޓާލިއަން ލީގު
އެމްޕޮލީ ބަލިކޮށް ޔުވެންޓަސް ކުރިއަށް
 
ޔުވެންޓަސް ތިން ވަނައިގައި އޮތީ ހަތް ޕޮއިންޓާއެކު

އިޓާލިއަން ލީގުގައި އެމްޕޮލީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޔުވެންޓަސް އިން ދެ ވަނަ މޮޅު ހޯދައިފި އެވެ.

އެމްޕޮލީގެ ދަނޑުގައި ކުޅުނު މެޗު ޔުވެންޓަސް އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި ޔުވެންޓަސް އިން ލީޑު ނެގީ 24 ވަނަ މިނެޓުގަ އެވެ. އެއީ އެމްޕޮލީގެ އޭރިޔާ ތެރެއިން ލިބުނު ބޯޅައެއް އެއް ފަަހަރުން ޖަހައި ގޯލަށް ވައްދާލައިގެން ޑެނީލޯ ޖެހި ލަނޑެކެވެ. އޭގެ ފަހުން ލީޑު ފުޅާ ކުރުމަށް ޔުވެންޓަސް އަށް ވަނީ ތަނަވަސް ފުރުސަތެއް ލިބިފަ އެވެ. އެއީ އެމްޕޮލީގެ އޭރިޔާ ތެރެއިން، ޔުވެންޓަސްގެ ޑިފެންޑަރު ފެޑެރިކޯ ގަޓީ އަށް ކުރި ފައުލަކަށް 39 ވަނަ މިނެޓުގައި ރެފްރީ ދިން ޕެނަލްޓީ އެކެވެ. ޕެނަލްޓީގައި ޑޫސަން ވްލަހޮވިޗް ފޮނުވާލި ބޯޅަ އެމްޕޮލީގެ ގޯލްކީޕަރު ވަނީ މަތަކޮށްފަ އެވެ. ޔުވެންޓަސްގެ ދެ ވަނަ ލަނޑު އެ ޓީމުން ޖެހީ 82 ވަނަ މިނެޓުގަ އެވެ. އާކަންޑިއުސް މިލިކް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖެހީ ފެޑެރިކޯ ޗިއެސާ އެވެ.

މޮޅާއެކު ޔުވެންޓަސް އޮތީ ތިން ވަނައިގަ އެވެ. އެއީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓު ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތް ލީސް އަށް ވެސް ހަތް ޕޮއިންޓު ލިބޭއިރު، ޔުވެންޓަސް ކުރި ހޯދަނީ ފައިދާ ލަނޑުންނެވެ. ލީގުގައި ދެން ޔުވެންޓަސް އަސް އޮންނާނީ އަމިއްލަ ދަނޑުގައި ލާޒިއޯއާ ދެކޮޅަށް ކުޅޭ މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް