ކ. މާލެ
|
4 ސެޕްޓެންބަރ 2023 | ހޯމަ 07:47
މެޗުގައި ލަނޑު ޖެހުމަށްފަހު އިންޓަގެ ހަކާން ޗަނޮގްލޫ އުފާ ފާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އިންޓަގެ ހަކާން ޗަނޮގްލޫ އުފާ ފާޅުކުރަނީ
ރޮއިޓަސް
އިޓާލިއަން ލީގު
ފިއޮރެންޓީނާ ބަލިކޮށް އިންޓަ އެއް ވަނަ އަށް
އިންޓަ އެއް ވަނަ އަށް ޖެހިލީ ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓު ހޯދައިގެން

އިޓާލިއަން ލީގުގައި ފިއޮރެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އިންޓަ މިލާން އެއް ވަނަ އަށް ޖެހިލައިފި އެވެ.

އިންޓަގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އިންޓަ އިން އެއް ލަނޑު ޖެހިއިރު، އަނެއް ތިން ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗު ފަށައިގެން 23 ވަނަ މިނެޓުގައި އިންޓަ އަށް ލީޑު ނަގައިދިނީ މާކަސް ތުރަމް އެވެ. އެއީ ފެޑެރިކޯ ޑިމާކޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި އިންޓަގެ ތިން ވަނަ ލަނޑު ޖެހީ އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒް އެެވެ. މާޓިނޭޒް ލަނޑު ޖެހުމަށް އެހީތެރިވެދިނީ ތުރަމް އެވެ. އޭގެ ފަހުން 58 ވަނަ މިނެޓުގައި އިންޓަ އަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. އެއީ ފިއޮރެންޓީނާގެ އޭރިޔާ ތެރެއިން ތުރަމް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވ. ޕެނަލްޓީ ކާމިޔާބުކޮށް އިންޓަގެ ތިން ވަނަ ލަނޑު ޖެހީ ހަކާން ޗަނޮގްލޫ އެވެ. އިންޓަގެ ހަތަރު ވަނަ ލަނޑު 73 ވަނަ މިނެޓުގައި ޖެހީ މާޓިނޭޒް އެވެ.

މޮޅާއެކު އިންޓަ އެއް ވަނަ އަށް ޖެހިލީ ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓު ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އޭސީ މިލާނަށް ވެސް ލިބެނީ ތިން މެޗުން ނުވަ ޕޮޮއިންޓެވެ. ނަމަވެސް އިންޓަ ކުރި ހޯދަނީ ފައިދާ ލަނޑުންނެވެ. އިންޓަ އަތުން ބަލިވި ފިއޮރެންޓީނާ އޮތީ ހަތަރު ޕޮއިންޓާއެކު އަށް ވަނައިގަ އެވެ. ލީގުގައި ދެން އިންޓަ އަށް އޮތީ އަމިއްލަ ދަނޑުގައި އޭސީ މިލާނާ ދެކޮޅަށް ކުޅޭ މެޗެވެ.

- ކޮމެންޓް