ކ. މާލެ
|
4 ސެޕްޓެންބަރ 2023 | ހޯމަ 07:44
ނޮޓިންހަމް ފޮރެސްޓަށް ބަދަލުވި ބެލްޖިއަމްގެ މިޑްފީލްޑަރު އޮރީގީ
ނޮޓިންހަމް ފޮރެސްޓަށް ބަދަލުވި ބެލްޖިއަމްގެ މިޑްފީލްޑަރު އޮރީގީ
ޓްވީޓަރ
ނޮޓިންހަމް ފޮރެސްޓު
އޮރީގީ ނޮޓިންހަމް ފޮރެސްޓަށް ބަދަލުވެއްޖެ
އޮރީގީ ހޯދުމަށް ފޮރެސްޓުން 4.5 މިލިއަން ޔޫރޯ ޚަރަދުކޮށްފައިވާއިރު، އޭނާގެ މުޅި މުސާރާ އެއްކޮށް ކަވަރު ކުރާނީ ވެސް ފޮރެސްޓުން

އޭސީ މިލާނަށް ކުޅެމުން އައި ބެލްޖިއަމްގެ މިޑްފީލްޑަރު ޑިވޮކް އޮރީގީ ނޮޓިންހަމް ފޮރެސްޓަށް ބަދަލުވެއްޖެ އެވެ.

އުމުރުން 28 އަހަރުގެ ކުޅުންތެރިޔާ ފޮރެސްޓަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ އެ ކުލަބަށް ބަދަލުވީ މިހާރު ކުރިއަށްދާ ސީޒަަންގެ ނިޔަލަށެވެ. އެ މުއްދަތު ހަމަވުމުން ފޮރެސްޓުން ބޭނުންވާނަމަ، ދާއިމީ ގޮތެއްގައި އޮރީގީ ހޯދުމުގެ ފުރުސަތު ވެސް އޮވެ އެވެ. އެއްބަސްވުމުގައި އެ މާއްދާ ވަނީ ހިމަނައިފަ އެވެ. އޮރީގީ ހޯދުމަށް ފޮރެސްޓުން 4.5 މިލިއަން ޔޫރޯ ޚަރަދުކޮށްފައިވާއިރު، އޭނާގެ މުޅި މުސާރާ އެއްކޮށް ކަވަރު ކުރާނީ ވެސް ފޮރެސްޓުންނެވެ. ފޮރެސްޓުން ވަނީ އޮރީގީ އެ ކުލަބާ ގުޅުނުކަން ރަސްމީކޮށް އިއުލާން ކޮށްފަ އެވެ. އެ ޓީމުގައި އޭނާ ބޭނުން ކުރާނީ 27 ނަންބަރު ޖާޒީ އެވެ.

ލީލް އިން ސީނިއާ ކެރިއަރު ފެށި އޮރީގީ ލިވަޕޫލަށް ބަދަލުވީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ދެ ކުލަބަކަށް ކުޅެފަ އެވެ. ލިވަޕޫލަށް ކުޅެދިން 175 މެޗުގައި އޮރީގީ ވަނީ 41 ލަނޑު ޖަހައިފަ އެވެ. އެކުލަބާއެކު އޭނާ ވަނީ ހަ ތައްޓެއް ކާމިޔާބުކޮށްފަ އެވެ. ލިވަޕޫލާއެކު ހަދާފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، 2022 ވަނަ އަހަރު އޮރީގީ ވަނީ އިޓަލީގެ އޭސީ މިލާނަށް ބަދަލުވެފަ އެވެ. މިލާނަށް މިހާތަނަށް ކުޅެދިން 36 މެޗުން އޭނާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އޮރީގީ އަންނަނީ 2014 ވަނަ އަހަރުން ފެށިގެން ބެލްޖިއަމް ޤައުމީ ޓީމަށް ކުޅެމުންނެވެ. މިހާތަނަށް ޤައުމީ ޓީމަށް ކުޅެދިން 32 މެޗުން އޭނާ ވަނީ ތިން ލަނޑު ޖަހައިފަ އެވެ.

- ކޮމެންޓް